ޑރ. މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް--ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Sep 2023 | 17:40
މީޑިއާ މެދުވެރިކޮށް އެންޓި ކެންޕެއިން ކުރި މައްސަލަ އީސީ އަށް ހުށަހަޅާނަން: ތޮލާލް

މީޑިއާ މެދުވެރިކޮށް، ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް އެންޓި-ކެންޕެއިން ކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް، އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ. 

ބައެއް އޮންލައިން މީޑިއާތައް މެދުވެރިކޮށް ޑރ. މުޢިއްޒަށް އެންޓި ކެންޕެއިން ކޮށްށ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތައް އަޅުއްވަމުންދާތީށ އެ ތުހުމަތު ތަކަކީ ދޮގުކަން ރޭވެސް ތަރުޖަމާނު ވަނީ ސާފުކޮށްދެއްވާފައެވެ. 

އެގޮތުން، "އަދަދު" ނޫހުގައި "ބިދޭސީ ކުންފުނިތަކަކުން މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާއި ގުޅިގެން މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން ތޮލާލް ވަނީ، އެކަން ދޮގު ކުރައްވައި އެކަމުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ. 

"2015 ވަނަ އަހަރުން ފެށިގެން ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވާ ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދެއްވާފައިވާ 2 އެޕާޓްމަންޓުން ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ ކަމުގައި ދަންނަވަމެވެ. މީގެ ތަފްސީލުތައް ބޭންކަށްވެސް ޑިކްލެއާ ކުރެވިފައިވާނެއެވެ. އަދި އެއީ 2015ގައި ރޯހައުސް ލިބިވަޑައިގަތް ހިސާބުންފެށިގެން ކުއްޔަށް ނަގައިގެން އުޅޭ ބައެއް. އިންކަމް ޓެސްވެސް ދައްކަވަމުން ގެންދަވަނީ. ކުލީގެ ގޮތުގައި ފުރަތަމަ ޑޮލަރުން ފައިސާ ދެއްކި ނަމަވެސް ފަހުން ފައިސާ ދައްކަމުންގެންދަނީ އެއަދަދަށް ދިވެހި ފައިސާގެ މަގުންނެވެ. ޑރ މުއިއްޒި ފޮރުވަން އަދި ސިއްރު ކުރަން ވެސް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް ޝައްކެއް އޮތް ނަމަ ތަހުގީހު ކުރައްވާ. އެއްބާރުލުން ދެއްވާނެ." ތޮލާލް ވިދާޅުވިއެވެ.

އެސުވާލު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ނޫހުން ތަކުރާރު ކުރެއްވުމުން ތޮލާލް ވަނީ، ޑރ.މުޢިއްޒުގެ ބޭންކު އެކައުންޓާއި ގުޅޭ އެފަދަ ސްޓޭޓްމަންޓް ތައް ލީކު ކުރުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށާ އެއީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ. 

އަދި، އެފަދަ އާޓިކަލްތައް މެދުވެރިކޮށް އެންޓި ކެންޕެއިން ކުރާ މައްސަލަ ހުށަނޭޅި ކަމުގައި ވިޔަސް އީސީން އެކަން ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ތޮލާލް ވަނީ އެ ފަދައިން އެންޓި ކެންޕެއިން ކުރި މައްސަލަ އީސީއަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

ތޮލާލް މިފަދައިން ވިދާޅުވެފައި ވާއިރު، އެމްއެމްސީން ވެސް ވަނީ އެފަދައިން ކެންޑިޑޭޓުންނާއި ބެހޭ ގޮތުން ހަގީގަތާ ޚިކާފް ވާހަކަތައް ނުފެތުރުމަށް އެދިފައެވެ. އަދި އީސީން ވަނީ އެފަދަ މައްސަލަ ހުށަހެޅުމުން، މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.