އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
ހަބަރު
04 Sep 2023 | 17:16
ވޯޓު ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެން ގަލަމަކުން: އިލެކްޝަންސް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެން ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާ ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ދިއުން ކަމުގައެވެ. 

ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބުތަކާ ބެހޭ ގާނޫނާއި ގަވައިދުގައި ވޯޓުލާ މަރުކަޒަށް އަންނަ މީހަކު އޭނާއަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށާއި އެހެން އިތުރު އެއްވެސް އެއްޗެއް ނުގެނެވޭނެ ކަމަށް އޮތުމުން އިއްޔެ އެ ކޮމިޝަނުން އާދައިގެ ގަލަމަކީ ކޮބައިކަން ނިންމާފައިވާކަމަށެވެ.

އާދައިގެން ގަލަމެއްގެ ގޮތުގައި ކޮމިޝަނުން ނިންމި ނިންމުގައި މި އޮންނަނީ އާދައިގެ ގަލަމެއްގެ ގޮތުގައި ބަލަނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް. އެހެންވީމަ ވޯޓުލާ މަރުކަޒަށް ވޯޓުލާ މީހަކު ކަޅު ނުވަތަ ނޫ ކުލަ ނޫން އެހެން ގަލަމެއް ގެނެސްފިއްޔާ އެއީ ގާނޫނުގައި ބުނާ އާދައިގެން ގަލަމެއް ނޫން ކަމަށް އޮފިޝަލުން ބަލާނީ.

ހަބީބް 

މީގެ އިތުރުން ހަބީބް ވިދާޅުވީ، އަމިއްލައަށް ގަލަން ހިފައިގެން އައުމުން ވޯޓުލާ މަރުކަޒުގެ އޮފިޝަލުން އެ ގަލަން ޗެކްކުރާނެ ކަމަށާއި، އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އާއި އެއީ އާދައިގެ ގަލަމެއްތޯވެސް އެ އޮފިޝަލުން ބަލާނެކަމަށެވެ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލަިއގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ ކަމުގައިވެސް ހަބީބް ވިދާޅުވިއެވެ. 

ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ވޯޓުލާ ބޫތްގައި ގަލަމެއް އޮންނާނެ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބޫތުގައި އޮތް ގަލަން ބޭނުން ކުރުން ކަމަށާއި އެ ނޫން ގަލަމެއް ގެންނަ ކަމަށްވާނަ ގެންދާ މީހަކު ގެންނަންވާނީ އާދައިގެ ކަޅު ނުވަތަ ނޫކުލައިގެ ގަލަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަށް ހުރިހާ ރައްޔިތުން ސަމާލުކަމަށް ބެހެއްޓުމަށް ހަބީބް އެދިލެއްވެވިއެވެ.

އޭގެ އިތުރުން ހަބީބް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ލަފާދޭ ކޮމެޓީގައި ކަންބޮޑުވުން ފާޅުކުރި ކަމަކީ ވޯޓު ކަރުދާހުގައި ފާހަގަޖަހާއިރު އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ބައެއް މީހުނަށް މަޖްބޫރުކޮށްގެން ޖެހުމަށް އަންގަމުންދާ ކަމަށެވެ. ކޮމިޝަނުން ވިސްނާ ގޮތުގައި ވޯޓުލާ މީހަކަށް އެއްވެސް ކަހަލަ މަޖްބޫރީ ހާލަތެއް ނޯންނާނެ ކަމަށާއި އޭނާ ވޯޓުލާން ވާނީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި އޭނައަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ކަމަށް ހަބީބް ވިދާޅުވިއެވެ. ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ފާހަގަ، ނިޝާން ނުވަތަ ކުރެހުމެއް އޮވެޖިއްޔާ އެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ވިދާޅުވިއެވެ.

ކުރީގައި އިންތިހާބު ތަކުގައި އުމުރުން ދުވަސްވީ ބޭފުޅުންނަށް އެ ބޭފުޅުން ފާހަގަ ލައްވާއިރު ފަހަރުގައި އެ ފާހަގަ ރަނގަޅު ނޫން ގޮތަކަށް ޖެހިފައި އޮވިއްޖިއްޔާ ދެވަނަ ފަހަރަށް ރަނގަޅުކޮށްލަން އިތުރު ރަނގަޅު ފާހަގައެއްލާ. އެހެންވީމަ ވޯޓުލާ މީހާގެ ނިޔަތަކީ ރަނގަޅު ފާހަގައެއް ޖެހުންކަމަށް ކޮމިޝަނުން ބަލަމުން އައީ. އެހެން ނަމަވެސް މިކަމުން ނާޖައިސް ފައިދާއެއް އެއްވެސް ބަޔަކު ނަގާ ކަމަށްވާނަމަ އެކަމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް. ވޯޓުގެ ސިއްރުކަން ގެއްލޭ ހާލާތަކަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ކޮމިޝަނުން ފުރުސަތެއް ނުދޭނަން.

ހަބީބް 

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމި ދެވަނަ ނިންމުގައި ނިންމާފައިވަނީ ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ ކެނޑިޑޭޓްގެ ނަމާ ދިމާލުގައި ޖެހޭނީ އެންމެ ފާހަގައެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުމެއް ލިޔެފިއްޔާ އެ ވޯޓު ވެގެންދާނީ ބާތިލް ވޯޓަކަށް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.