މިއަދުގެ ޕިކަޕް ޖަލްސާގެ ތެރެއިން--ފޮޓޯ/ސޯޝަލްމީޑިއާ
ހަބަރު
04 Sep 2023 | 18:51
ރައީސް ނަޝީދާއި ދެކޮޅަށް އަޑު އުފުލުމުން، މަގު މަތިން ނަން އިއްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަޑު އުފުލި މީހުން ތަކެއްގެ ނަން އިއްވައިފިއެވެ. 

ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް، އިލްޔާސް ލަބީބަށް ތާއީދު ހޯދުމަށް، ވެށިފަހި މާލެ، ޕިކަޕު ޖަލްސާ ނަމުގައި މިއަދު ވަނީ މާލޭގައި ކެންޕެއިން ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ. 

އެ ޖަލްސާގެ ތެރެއިން، ޕިކަޕުގައި މާލޭގެ އެކި މަގު ތަކުގައި ކެންޕެއިންކޮށް، ޑިމޮކްރެޓްސް ގެ ސިޔާސަތުތައް ކިޔައިދިނުން ކުރިއަށް ގެންގޮސްފައިވާއިރު އެ ކެންޕެއިންގެ ތެރެއިން، ބައެއް ގެތަކުގައި ތިބި މީހުން ވަނީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުގެ ބޭފުޅުންނާ ދެކޮޅަށް އަޑު އުފުލާފައެވެ. 

އެއާއެެކު ނަޝީދު ވަނީ، އެމަނިކުފާނުގެ އެ ގޭގޭގައި ދިރިއުޅޭ މީހުންގެ ނަން، އަޑުގަދަ ކުރާ ބޭނުންކޮށްގެން ގޮވާފައެވެ. 

ރައީސް ނަޝީދުގެ މި ޢަމަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މިހާރު ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. 

އެގޮތުން، އެއްބަޔަކު ވަނީ އެމަނިކުފާނު އެ ކުރެއްވީ ވަރަށް ހުތުރު ކަމެއްގެ ގޮތަށް ސިފަ ކޮށްފައެވެ. އަދި ކެންޕެއިނަށް ނުކުންނަން ވާނީ ފާޑުކިޔުންތައް ވެސް އަމާޒުވާނެ ކަން ދަނެގެން ކަމަށްވެސް މީހަކު ބުނެފައިއެވެ. 

އަނެއް ބަޔަކު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގައި ނިޒާމު ގެއްލުވާލާ އަޑު ގަދަ ކުރާ މީހުންގެ ނަން އިއްވާ ފަދައިން، މަގުމަތީގައި ހުންނަވައިގެން، އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލާ މީހުންގެ ނަން އިއްވަނީ، މަގުމައްޗަކީވެސް މަޖިލިސް ކަމަށް ދެކިގެން ތޯ ސުވާލު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.