ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުން
ހަބަރު
05 Sep 2023 | 08:01
އިލްމުވެރިންގެ ގުޅުމުގެ ފުރިހަމަ ތާއީދު ޑރ މުއިއްޒަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުގެ ފުރިހަމަ ތާއީދާއެކު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރުމަށް ނިންމައިފިއެވެ. 

ދިވެހިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލެއްވި ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތުތައް ދިރާސާކުރުމަށް ޓަކައި ޢިލްމުވެރިންގެ ގުޅުމުން އެފަރާތްތަކާ ވަނީ މީގެ ކުރިން ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކަށްފަހު އެކުލަވައިލި ރިޕޯޓު އެ ގުޅުމުގެ މެންބަރުންނަށް ހުށައެޅުމަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް އިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ވޯޓަށް އަހައިފިއެވެ.

މި ރިޕޯޓް ތައްޔާރުކޮށް ހުށައެޅީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިލްމުވެރިންނަށް ބޭއްވި އޮންލައިން ބައްދަލުވުންތަކުގެ ތެރެއިންނެވެ.

އަދި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ކަނޑައެޅުމަށް ޓަކައި ވޯޓަށް އަހާފައިވަނީ ޢިލްމުވެރިންގެ ގުޅުމުގެ ކޮމިއުނިޓީ ވައިބާ ގްރޫޕުގައެވެ.

ޢިލްމުވެރިންގެ މެދުގައި ނެގި ޕޯލް އިން ޑރ. މުޙައްމަދު މުއިއްޒަށް ޢިލްމުވެރިންގެ 87 އިންސައްތަ ވުރެ ބޮޑު އިންސައްތައެއް ތާޢީދު އޮތްކަން އެނގެއެވެ.

މިޕޯލްގެ 8 ޕަސެންޓާއި އެކު ޢުމަރު ދެވަނަޔަށް ދިޔައިރު މިވަގުތު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިފައިވަނީ އެންމެ 5 ވޯޓެވެ.

ޢިލްމުވެރިންގެ ތާއީދު ރައީސް ސޯލިހަށް ގެއްލެން މެދުވެރިވި ވަރަށް ގިނަ ސަބަބުތައް ހުރިކަމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޢިލްމުވެރިން ފާހަގަ ކުރިއެވެ.

މިގޮތުން މިދައުރުގައި އެމް.ޑީއެން. ރިޕޯޓާއި ގުޅިގެން ( ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރި ފަރާތްތަކަށް) ފިޔަވަޅު ނޭޅުމުގެ އިތުރުން އެފަރާތްތަކަށް ބޮޑެތި ވަޒީފާތައް ދީ އެވަޒީފާތަކުގައި ދެމިތިބުން ހިމެނެއެވެ. އަދި ހަމަ އެޔާއި އެކު ރާއްޖޭގައި ޝިރުކުގެ ޢަމަލުތައް ފާޅުގައި ހިންގުމަށް ކުރަމުން އަންނަ މަސައްކަތް ނުހުއްޓުވުމާއި މިސްކިތްތަކަށާއި މުސްހަފްތަކަށް ގެއްލުންދިން މީސްމީހުންނާއި މެދު ޢަމަލުކުރި ގޮތުން ޢިލްމުވެރިންގެ ހިތްހަމަ ނުޖެހުން ރައީސް ސޯލިހަށް އަމާޒުވީއެވެ.

އަމިއްލަގޮތުންވެސް އެކި އެކި ޢިލްމުވެރިންނާއި، އެކަޑަމިކް ދާއިރާގެ ކިޔަވައިގެންތިބި ގިނަފަރާތްތަކެއް މިފަހަރު ޑރ. މުއިއްޒަށް ތާއީދު ކުރާކަންވަނީ ފާހަގަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް