ކުޅުދުއްފުށީ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
05 Sep 2023 | 10:36
ރާއްޖެ ބަނގުރޫޓްވެފައި އޮތް ކަމަށްބުނާ ވާހަކައަކީ ދޮގެއް، ބޭނުންވަނީ ރައްޔިތުނަނަށް އޮޅުވާލަން: ރައީސް ޞާލިޙް

ރާއްޖެ އޮތީ ބަނގުރޫޓްވެފައި ކަމަށް ބުނެ ދައްކާ ވާހަކަތަކީ ދޮގު ވާހަކަ ތަކެއް ކަމަށާއި، އެވާހަކަތައް ދައްކާ ފަރާތްތަކުން ބޭނުންވަނީ ރައްޔިތުންނަނަށް އޮޅުވާލަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ހދ ކުރައްވާ ދަތުރުގެ ތެރެއިން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"ވާދަވެރިން އަޅުގަނޑުމެންނަށް އަމާޒުކޮށް އެންމެ ގިނައިން ދައްކާ ވާހަކައަކީ ރާއްޖެ ބަނގުރޫޓްވެފައި އޮތް ވާހަކަ، ދަރަ ވިކިފަ އޮތް ވާހަކަ، ދަންނަވަންތޯ، އެއީ ހަމަ ބުހުތާނު ބޮޑު ދޮގު، އެނގިތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާވާހަކަ، ސިޔާސީ ބޭނުމެއްގަ ދައްކާ ވާހަކަ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ އެބޭފުޅުން އެދައްކަވާ ވާހަކައަކީ 2026 ވަނައަހަރު ދައްކަން ޖެހޭ ލޯނު ތަކެއްގެ ވާހަކަކަމަށާއި، އެނުދެއްކޭނެ ވާހަކަ ކަމަށެވެ.

"ސަރުކާރުގެ ޑައިރެކްޓް ބޮރޮއިން 2026 ވަނަ އަހަރު ދައްކަން މިޖެހެނީ 800 މިލިއަން ޑޮލަރު، އޭގެ ތެރޭގަ 100 މިލިއަން ޑޮލަރަކީ އޭޑީއެފްޑީ އިން އަޅުގަނޑުމެން ނަގާފައި ހުރި ލޯނު، އެއީ މިހާރުވެސް އެދެއްކުން ފަސްކުރެވެން އޮތް 100 މިލިއަންގެ ލޯނު، ދެން އޮތް އަނެކެއްޗަކީ ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެން ނެނގި 500 މިލިއަންގެ ލޯނު، އެކަން ކުރަން ޖެހުނު ސަބަބު ހުރިހާ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އޭރު ދައުލަތުގައި ފައިސާ ނެތް ކަމަށާއި މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ބޭސް ގަނެ، މުދާ ގަނެ ހެދެން ނެތް ކަމަށާއި ކުރީގެ ސަރުކާރުން ނަގައިފައި އޮތް ބޮންޑަކަށް ދައްކަންޖެހޭ ފައިސާވެސް ނެތް ކަމަށެވެ. އެ ނުދެއްކުނުނަމަ ސަރުކާރު އޮންނާނީ ޑިފޯލްޓަކަށް ގޮއްސައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެންއޮތީ 2026 ވަނަ އަހަރު އަންނައިރު މިދަންނަވާ ލޯނު ފައިސާ ދައްކާނީ ކިހިނެއްތޯ، އެބޭފުޅުންނަކަށް އެކަން ކުރާނެ ގޮތެއް އަދިވެސް ވިދާޅެއް ނުވެވޭ، އެކަމު އަޅުގަނޑުމެންގެ ޕްލޭން އެބައޮތް އޭގަ، އޭގެތެރެއިން ދެބައިކުޅަ އެއްބައި ރިފައިނެންސް ކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ، މިހާރުވެސް އެމަސައްކަތް ފަށައިގެން ކުރިއަށްއެބަދޭ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ފައިސާ ދޫކުރާ   ފަރާތްތަކުން ބޮޑެތި ޢަދަދުތައް ހޯދުމަކީ މިސަރުކާރަށް މިއަދު އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތައް ފައިސާ ދޫކުރަނީ އެފައިސާ އަނބުރާ ދެވޭނެ ކަމުގެ ޔަޤީން ކަން އޮންނާތީ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވުނު ޖަލްސާގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.