ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ ވަން އޮންލައިން
ހަބަރު
05 Sep 2023 | 11:36
ޢިލްމުވެރިންގެ ގުޅުމުގެ، އަދާލަތުގެ 15 ޝެއިޚުންގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ކުރީ 5 ޝެއިޚުން!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ނެގި ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވީ އެންމެ 5 އަދާލަތުގެ ޝެއިޚުން ކަން ހާމަވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ރައީސްކަމަށް ކުރިމަތިލެއްވި ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތުތައް ދިރާސާކުރުމަށް ޓަކައި ޢިލްމުވެރިންގެ ގުޅުމުން އެފަރާތްތަކާ ވަނީ މީގެ ކުރިން ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކަށްފަހު އެކުލަވައިލި ރިޕޯޓު އެ ގުޅުމުގެ މެންބަރުންނަށް ހުށައެޅުމަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް އިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ވޯޓަށް އަހައިފައިވެއެވެ.

މި ރިޕޯޓް ތައްޔާރުކޮށް ހުށައެޅީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިލްމުވެރިންނަށް ބޭއްވި އޮންލައިން ބައްދަލުވުންތަކުގެ ތެރެއިންނެވެ.

އަދި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ކަނޑައެޅުމަށް ޓަކައި ވޯޓަށް އަހާފައިވަނީ ޢިލްމުވެރިންގެ ގުޅުމުގެ ކޮމިއުނިޓީ ވައިބާ ގްރޫޕުގައެވެ.

ޢިލްމުވެރިންގެ މެދުގައި ނެގި ޕޯލް އިން ޑރ. މުޙައްމަދު މުއިއްޒަށް ޢިލްމުވެރިންގެ 87 އިންސައްތަ ތާއީދު އޮތްކަން އެނގެއެވެ.

މިޕޯލްގެ 8 ޕަސެންޓާއި އެކު ޢުމަރު ދެވަނަޔަށް ދިޔައިރު މިވަގުތު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިފައިވަނީ އެންމެ 5 ވޯޓެވެ.

ސަރުކާރާއި އެކު ކޯލިޝަން ހަދައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމަށް މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީގެ 15 ޝެއިޚުން އިލްމުވެރިންގެ ގުޅުމުގައި ތިބެއެވެ. އޭގެ ތެރެއިން، ރައީސް ޞާލިހު ވެރިކަމަށް ގެންނަން އެއްބަސް ވީ އެންމެ 5 ޝެއިޚުންނެވެ. 

ޢިލްމުވެރިންގެ ތާއީދު ރައީސް ސޯލިހަށް ގެއްލެން މެދުވެރިވި ވަރަށް ގިނަ ސަބަބުތައް ހުރިކަމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޢިލްމުވެރިން ފާހަގަ ކުރިއެވެ.

މިގޮތުން މިދައުރުގައި އެމް.ޑީއެން. ރިޕޯޓާއި ގުޅިގެން ( މާތް الله އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރި ފަރާތްތަކަށް) ފިޔަވަޅު ނޭޅުމުގެ އިތުރުން އެފަރާތްތަކަށް ބޮޑެތި ވަޒީފާތައް ދީ އެވަޒީފާތަކުގައި ދެމިތިބުން ހިމެނެއެވެ. އަދި ހަމަ އެޔާއި އެކު ރާއްޖޭގައި ޝިރުކުގެ ޢަމަލުތައް ފާޅުގައި ހިންގުމަށް ކުރަމުން އަންނަ މަސައްކަތް ނުހުއްޓުވުމާއި މިސްކިތްތަކަށާއި މުސްހަފްތަކަށް ގެއްލުންދިން މީސްމީހުންނާއި މެދު ޢަމަލުކުރި ގޮތުން ޢިލްމުވެރިންގެ ހިތްހަމަ ނުޖެހުން ރައީސް ސޯލިހަށް އަމާޒުވީއެވެ.

އެ ސަބަބުތަކާއި ހުރެ، ޢަދާލަތު ޕާޓީގެ ވަރަށް ގިނަ ޢާއްމު މެންބަރުންވެސް މިހާރު ރައީސް ޞާލިހަށް ތާއީދެއް ނުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް