ޢަލީ ރަމީޒު-- ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
05 Sep 2023 | 14:07
"ލާދީނީ ކަމާމެދު އިންޒާރު ދިން މީހުންގެ ދިފާއުގައި، މަރުދޭން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ ކާކުހެއްޔެވެ؟"

އެބައެއްގެ ލާދީނީ ކަމާމެދު އެހެން މީހުންނަށް އިންޒާރު ދިނުމަށްފަހު، އެ މީހުންގެ ދިފާއުގައި، އެމީހުންނަށްޓަކައި މަރުދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާނީ ކާކުތޯ ދާރިސް ޓީވީ ގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ސުވާލު ކުރައްވައިފިއެވެ. 

ޢަދާލަތު ޕާޓީން ރައީސް ޞާލިހަށް ކެންޕެއިން ކުރުމުގައި ފޯރީގައި މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ޢަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ، އެމްޑީޕީގެ ނުރައްކާތެރި ކަމާއި، ނުބައި، ކަމާއި، އަދި ލާދީނީ ކަމުގެ މައްޗަށް ރައްޔިތުންނަށް އިންޒާރުދިން ބައެއް ކަމަށެވެ. 

އަދި އެމްޑީޕީގެ ކިބައިން ބަރީޢަވެ ތިބުމަށް ރައްޔިތުންގެ ކިބައިން އެދި ރޮއި އާދޭސް ކުރި ބައެއް ކަމަށްވެސް އަލީ ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރު ތަފާތު ކަމަށާ، މިއަދު އަމިއްލަ ޕާޓީއަށްވުރެވެސް އަދާލަތުން ދިފާއު ކުރަމުންދަނީ އެމްޑީޕީ ކަމަށާ، އެމްޑީޕީގެ ދިފާއުގައި އަދާލަތުން މަރުދެމުންދާއިރު، އެފަދައިން ކަން ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާނީ ކާކުތޯ ޢަލީ ވަނީ ސުވާލު ކުރައްވާފައެވެ. 

ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަކީ ލާދީނީ ޕާޓީ އެއް ކަމަށް ބުނެ، އެންމެ އަޑު ހަރުކޮށް ކުރީން ވާހަކަ ދެއްކި ޕާޓީ އަކީ އަދާލަތު ޕާޓީއެވެ. އެގޮތުން އެއީ އިސްލާމް ދީނާއި ބީރަށްޓެހި ސިޔާސަތު ތަކެއް ގެންގުޅޭ ލާދީނީ ޕާޓީއެއް ކަމަށް ބުނެ، އެ ޕާޓީއާ ދުރުވުމަށް ވެސް އެންމެ ވަކާލާތު ކުރީ އެ ޕާޓީން ނެވެ.

އެހެންނަމަވެސް މިހާރު ފެނިގެން ދަނީ އެމްޑީޕީީ އާއި އެކު އަދާލަތުން ކޯލިޝަން ހަދައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމައި، އެމަނިކުފާނަށް ފޯރީގައި އަންނަނީ ކެންޕެއިން ކޭންދެމުންދާ މަންޒަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.