އުނގޫފާރުގައި ރައީސް ޞާލިޙް ވާހަަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
05 Sep 2023 | 15:12
ދެންއަންނަ ދައުރުގައި އުނގޫފާރަކީ ވެރިރަށްކަން އިޙްސާސްވާވަރަށް ތަރައްޤީކޮށްދޭނަން: ރައީސް ޞާލިޙް

ކުރިއަށް އޮތް ދައުރުގައި ރ.އުނގޫފާރަކީ އެއަތޮޅުގެ ވެރިކަން ކުރާ ރަށްކަން އިޙްސާސްވާވަރަށް އެރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންދާ ކެމްޕޭނު ދަތުރުފުޅުގައި އުނގޫފާރުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

"މިރަށަކީ ރ.އަތޮޅުގެ ވެރިކަން ކުރާ ރަށްވިޔަސް މިރަށަށް އަންނަންޖެހޭ ބަދަލު މިރަށަށް އަނަންޖެހޭ ތަރައްޤީ އައިސައޮތެކޭ ދެންނެވޭކަށްނެތް، އަޅުގަނޑުމެންގެ ވެރިކަމުގައި ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އެބަދަލު އެއިޙްސާސްތައް، މިއީ ވެރިކަން ކުރާ ރަށްކަން، އެއިޙްސާސްތައް ރައްޔިތުނަށް ކުރެވޭވަރަށް މިރަށުގެ ކަންކަން އަޅުގަނޑުމެން ތަރައްޤީކުރާނަން" .

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

އެގޮތުން އުނގޫފާރުގެ ބިން ހިއްކުމާއި، އެކަން ނިމުމާއިއެކު ރައްޔިތުންގެ ބޯހިޔަވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ފުރިހަމަ ވަޞީލަތް ތަކާއިއެކު އުނގޫފާރުގެ ސްކޫލް އަލުން އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއި އެކު އެރަށުގެ ސްކޫލް އެއްދަންފަޅިއަށް ކިޔަވަ ސްކޫލަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުގައި ރޮސްރޫމް އަކާއި އެކު ސިޑިބަރިއެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހޮސްޕިޓަލާއެކު މުވައްޒަފުންނަށް އެކޮމަޑޭޝަން ބްލޮކެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމިގެންދާއިރު ބާކީ ހުރި ހުރިހާ މަގެއްގައި ތާރުއެޅިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަމިއާއި އެކު ބަނދަރަށް ބޭނުންވާ ބަދަލު ގެނެސް ފަސޭހަ ބަނދަރަކަށް ހައްދަވާނެ ކަމަށާއި، އޮޑިދޯނިފަހަރު އެހެލާނެ ތަނަކާއި މޫދަށް އެރޭނެ ސަރަހައްދެއް ޤާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.