ފާރިސް މައުމޫން
ހަބަރު
05 Sep 2023 | 16:07
ސިޔާސީ ވެރިން ތިބީ ޒުވާނުންނަށް މަލާމާތް ކުރާ ހާލަތުގައި: ފާރިސް

ދިވެހިރާއްޖޭގެ ޒުވާނުންގެ ހާލަތުވަނީ ހިތާމަކުރާ ހާލަތެއްގައި ކަމުގައި އަމިއްލަ ގިތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓް ފާރިސް މައުމޫނު ވިިދާޅުވެއްޖެއެވެ. 

ފާރިސް މިފަދައިން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ވޮއިސް އިން ގެނެސްދޭ ވޮއިސް އެކްސްކްލޫސިވް އިންޓަރވިއުގައި ވާހަކަދައްކަވަމުންނެވެ. 

ރާއްޖޭގެ ޒުވާނުންގެ ހާލަތާއި ގުޅޭގޮތުން އިންޓަރވިއު ޕެނަލިސްޓް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފާރިސް ވިދާޅުވީ، ޒުވާނުންނަށް މުޅިން ފެންނަމުން މިދަނީ ނާއުންމީދު ކަމަށާއި ސިޔާސީ ވެރިން ތިބީ ޒުވާނުންނަށް އިތުބާރުނުކޮށް އެ ޒުވާނުންނަށް މަލާމާތް ކުރާ ހާލަތުގައިކަމަށެވެ. 

މީގެ އިތުރުން ފާރިސް ވިދާޅުވީ، ޒުވާނުންނަނީ ހަމައެކަނި ކުޅިވަރު ކުޅޭބައެއްގެ ގޮތުގައި އެ ވިސްނުމުގައި ކެމްޕެއިން ކުރަމުންދާތާ މިހާރު އެތަށް ޒަމާނެއް ވެފައިވާކަމަށެވެ. އެހެންނަމަވެސް ޒުވާނުންގެ ތެރޭގައި ތައުލީމު ހާސިލްކުުރުމަށް ބޭނުންވާ ޒުވާނުންވެސް ތިބޭ ކަމަށާއި އެހެންނަމަވެސް ތައުލީމު ހާސިލްކުރުމަށްފަހު އެނބުރި އައިސް އަދާކުރާނެ ވަޒީފާއެއް ނުލިބޭކަމަށެވެ. 

އަދި މީގެ އިތުރުން ކިޔަވަން ނެގި ލޯނުވެސް އަނބުރާ ދައްކަން ޖެހޭ ކަމުގައްޔާއި އެ ލޯނުން ސަލާމަތްވެވޭނެ ދުވަހެއް ނޭނގިގެން ޒުވާނުން އުޅެން ޖެހޭކަމުގައި ފާރިސް ވިދާޅުވިއެވެ. 

ލޯނު އަނބުރާ ދައްކަން އެބަ ޖެހޭ، އެހިސާބުން ފެށިގެން އުމުރުން 30 ނުވަތަ 35 އަހަރުވަންދެން މުޅި މުސްތަގްބަލު އޮންނަނީ ފާޑަކަށް ބަނަވެފައި

ފާރިސް 

މީހެ އިތުރުން ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނެތްކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ، ދިވެހިރާއްޖޭގައި އެއް އިރަކުވެސް ޒުވާނުންނާއި ގުޅުންހުރި ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކެއް ކަނޑައެޅިފައި ނުހުންނަކަމަށެވެ. 

މީގެ އިތުރުން ފާރިސްވަނީ ހަމަ އެކަނި ފުޓްސަލް ދަނޑުތައް އަޅާއިގެން ޒުވާނުންގެ އިހްސާސްތައް ހާސިލްކޮށް ނުދެވޭނެ ކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ