ޑްރޯންގެ ޚިދްމަތް ތަޢާރަފްކުރުމަށް ބޭއްވުނު ރަސްމިއްޔާތު
ހަބަރު
05 Sep 2023 | 16:03
ލެބޯޓްރީ ސާމްޕަލްތައް ފޮނުވުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

ލެބޯޓްރީ ސާމްޕަލްތައް ފޮނުވުމަށް ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

އެޚިދްމަތް ތަޢާރަފްކޮށްފައިވަނީ އެ ޚިދްމަތް އޮޕަރޭޓް ކުރާ އެސްޓީއޯ އިންނެވެ.

މި ޚިދްމަތް ފެށުމާއި އެކު އިމަޖެންސީގައި ހޯދަން ޖެހޭ، އެކަމަކު ރަށްރަށުން ލިބެން ނެތް ބޭހާއި ލެބޯޓަރީ ސާމްޕަލް ފަދަ ތަކެތި ދެން އުފުލާނީ ޑްރޯންގެ އެހީގަ އެވެ.

ސްވިޒަލެންޑްގެ ރިގީޓެކްގެ މި ޑްރޯން ޚިދުމަތް މުޅި ރާއްޖޭގައި ދޭނެ އެވެ. އެއް ޑްރޯނާއެކު އިއްޔެ ހުވަދު އަތޮޅުގައި މި ޚިދުމަތް ދޭން ފެށި އިރު، ސަރުކާރުގެ އަމާޒަކީ މާ ލަސްތަކެއް ނުވެ އެކި އަތޮޅުތަކުގައި މި ފަދަ ޑްރޯންތައް ބެހެއްޓުން ކަމަށް ސަރުކާރުން ބުނެއެވެ 

ހާއްސަ ތަމްރީނުތަކަށް ފަހު ދުއްވޭ މި ޑްރޯނަކީ ގަދަ ވައިގައި ވެސް ހިފަހައްޓާ އެއްޗެކެވެ. ޑްރޯން ދުއްވަން ތިބޭނީ، ސިވިލް އޭވިއޭޝަންގެ ހުއްދައާ އެކު އެ ކަމަށް ތަމްރީނުކޮށްފައިވާ ވަކި ބައެކެވެ. ޑްރޯންތައް ދުއްވަން ޖެހޭނީ، އެއާ ޓެކްސީ ރޭންޖަށް ވުރެ ތިރިންނެވެ.

ޑްރޯން އޮޕަރޭޓްކޮށް، މެނޭޖްކުރާނީ އެސްޓީއޯ އިންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ޚިދުމަތަށް ބޭނުންވާ ތަމްރީނު، މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މޯލްޑިވްސް ހެލްތް ލައިން މި ޕްރޮޖެކްގެ އަގަކީ 54.5 މިލިއަން ރުފިޔާ އެވެ. އެގޮތުން މި ލޯންޗްތަކުގެ ޖުލްމަ އަގަކީ 50 މިލިއަން ރުފިޔާ އެވެ. އަދި ޑްރޯންތަކުގެ އަގު 4.5 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ