ހަބަރު
05 Sep 2023 | 16:20
އޮންލައިންކޮށް ޕީޖީ އޮފީހުން ކުށުގެ ރިކޯޑް ސާފުކުރެވޭނެ ގޮތް ހަދައިފި

ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހުން ކުށުގެ ރިކޯޑް، އޮންލައިންކޮށް ސާފުކުރެވޭނެ ހެން އެއޮފީހުގެ ގިނަ ޚިދްމަތްތަކެއް އޮންލައިންކޮށް ހޯދޭނެ ގޮތް ހަދައިފިއެވެ.

ޕީޖީ އޮފިހުން ބުނެފައިވަނީ މި ޚިދުމަތް ހޯދުމަށްޓަކައި ފޯނުންނާއި، އީފާސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށާއި، ނުވަތަ ޕީޖީގެ ރަސްމީ ޕޯޓަލް އިން އީފާސް މެދުވެރިކޮށް ވަނުމަށްފަހު، ކުށުގެ ރެކޯޑު މެނޫއިން ބޭނުންކުރެވޭނެކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރެކޯޑަށް އެދިވަޑައިގަންނަވާތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި ޖަވާބު، އޮންލައިން ޕޯޓަލަށް އަޕްލޯޑު ކޮށްދޭނެއެވެ. އެއީ ފޯނުންވެސް، އެ މަޢުލޫމާތު ވަގުތުން ފަސޭހަކަމާއި އެކު ލިބޭނެ ގޮތް ހޯދައިދިނުމަށްކަމަށް ޕިޖީ އޮފީހުން ބުނެއެވެ.

އަދި ލިޔުން ޕްރިންޓްކޮށް އެ ލިޔުމަކީ ޕީޖީ އޮފީހުން ދިން ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް އެލިޔުމުގައި އޮންނާނެކަންވެސް ބުނެއެވެ. ހަމައެއާއިއެކު އީމެއިލް މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކުރައްވަން ބޭނުންވާ ބޭފުޅުންނަށް [email protected] އަށް އީމެއިލް ކުރެއްވުމުން، މަސައްކަތް 2 ދުވަހުގެ ތެރޭގައި، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، ޖަވާބު އީމެއިލަށް ފޮނުވައިދޭނެކަންވެސް ވަނީ ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ވަރލްޑްކަޕް ސެމީގައި ސްޕެއިން ނިކުންނާނީ ފްރާންސާ ދެކޮޅަށް
ގަދަ ހޫނުގައި ކުޅުނު މިމެޗްގެ ތަރިއަކަށްވީ މެރިނޯއެވެ.
11 Jul 2026
ރޭގެ އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން މިރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.