ޖޯލި މޯލްޑިވްސްގެ ކުޅުންތެރިން ރިސޯޓް ލީގު 2023, ރާ ޒޯނުގެ ޗެންޕިއަން ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
05 Sep 2023 | 21:03
ރިސޯޓް ލީގު 2023: އެމެރަލްޑް މޯލްޑިވްސް ބަލިކޮށް ރާ ޒޯނުގެ ޗެންޕިއަން ޖޯލި މޯލްޑިވްސް ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ރާ ޒޯނުގެ ފައިނަލުގައި މިއަދު ހަވީރު، 4-0 ގެ ނަތީޖާއަކުން އެމެރަލްޑް މޯލްޑިވްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދައިފިއެވެ.

ޖޯލި މޯލްޑިވްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ކޮތައިފަރު ކަޓުވާލުމަށްފަހު އެވެ. އަދި އެމެރަލްޑް މޯލްޑިވްސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ދިގަލި މޯލްޑިވްސް 5-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު ޖޯލި މޯލްޑިވްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ރިފްއަތު އެވެ.

މިލަނޑަށްފަހު ދެޓީމުން ވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ޖޯލި މޯލްޑިވްސް އިންނެވެ. އެގޮތުން މިހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ އިބްރާހިމް ރިފްއަތު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގައި ޖޯލި މޯލްޑިވްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 39 ވަނަ މިނެޓުގައި މޫސާ ޝުމޫޚް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުސްލިމް މުހައްމަދު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އިބްރާހިމް ރިފްއަތު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ޖޯލި މޯލްޑިވްސްގެ ކެޕްޓަން މުސްލިމް މުހައްމަދު އަށެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 9 ލަނޑު ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަބްދުﷲ މާދިހް (އެމެރަލްޑް މޯލްޑިވްސް), އިބްރާހިމް ރިފްއަތު (ޖޯލި މޯލްޑިވްސް), މޫސާ ލަތީފް (ޖޯލި މޯލްޑިވްސް), އިބްރާހިމް އަޒްމޫން (އެމެރަލްޑް މޯލްޑިވްސް) އަދި އިބްރާހީމް ނަދީމް އާދަމް ( ޖޯލި މޯލްޑިވްސް) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ކޯޗު އަބްދުﷲ ހަނީފް އެވެ. އަދި މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމް ކަމަށްވާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ ކެޕްޓަން މުސްލިމް މުހައްމަދު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.