މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓަގްރިޓީގެ މެންބަރު ޝުޢައިބު އަބްދުއްރަހްމާނު
ހަބަރު
06 Sep 2023 | 15:38
އިންޓަރގްރިޓީގެ މެންބަރު ޝުޢައިބު ސިޔާސީ ހަރަކާތެއްގައި!

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުން ޝުޢައިބު އަބްދުއްރަހްމާނު ސިޔާސީ ހަރާކާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ. 

ޝުޢައިބު ބައިވެރިވެވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރައްވާ އިލްމުވެރިން އެމަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

އިލްމުވެރިން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ރައީސް ޞާލިހަށް ތާއީދުކުރާ ސަބަބުތައް ހާމަކޮށް، ރައްޔިތުން ވެސް ރައީސް ޞާލިހަށް ވޯޓު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

މިނިވަން މުއައްސަސާއެއް ކަމުގައިވާ އެންއައިސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ޝުއައިބު ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށް ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އެހެންނަމަވެސް މިނިވަން މުއައްސަސާއެއްގެ މެންބަރަކު އެގޮތަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާކަމެކެވެ.

ރައީސް ޞާލިހަށް ތާއީދުކުރާ އިލްމުވެރިން މިއަދު ބައްދަލުވުމެއް މި ބޭއްވީ، ރާއްޖޭގެ ގިނަ އަދަދަކަށް ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" ހަރަކާތަށް ނިސްބަތްވާ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއީދުކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ގުޅުމުގެ ވައިބަރ އޮޅިގައި ނެގި ވޯޓުން 86 ޢިލްމުވެރިއަކު ވަނީ ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ވޯޓު ދެއްވައިފައެވެ. އަދި އުމަރު ނަސީރަށް ތާއީދު ކުރެއްވުމަށް 6 ޢިލްމުވެރިއަކު ވޯޓު ދެއްވި އިރު، ރާއީސް ޞާލިހަށް ތާއިދު ކުރެއްވުމަށް ވޯޓު ދެއްވީ 4 ޢިލްމުވެރިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް