މަހިބަދޫ ރައްޔިތުން ރައީސް ޞާލިޙަށް މަރުޙަބާ ކިޔަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
07 Sep 2023 | 08:08
އަޅުގަނޑުމެންގެ އޮތީ އެންމެ އެޖެންޑާއެއް، އެއީ ވަޢުދުތައް ފުއްދުމާއި ރައްޔިތުންނަށް ޚިދްމަތްކުރުން: ރައީސް ޞާލިޙް

އެމްޑީޕީ ކޯލިޝަންގެ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި އެއީ ވަޢުދުތައް ފުއްދުމާއި ރައްޔިތުންނަށް ޚިދްމަތްކުރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު އދ.އަތޮޅުގެ މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ ހިންގުމުގެ ގޮތުންނާއި ތަރައްޤީގެ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް ދެންއަންނަ ދައުރެއްގައި މަހިބަދޫއާއި މުޅި އދ.އަތޮޅުންވެސް ފެނިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އޮތީ ހަމަ އެންމެ އެޖެންޑާއެއް، އެއީ އަޅުގަނޑުކަމަށްވިޔަސް ޢަދާލަތު ކަމަށްވިޔަސް އަދި އެމްޑީއޭ ކަމަށްވިޔަސް އަޅުގަނޑުމެންގެ އޮތީ އެންމެ އެޖެންޑާއެއް، އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުން، ވެފައިވާ ވަޢުދުތައް ފުއްދުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ކޯލިޝަންގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެ އެއް ހޯދައި ދިނުން ކަމަށެވެ.

އަދި އެކަން ކުރުމަށްޓަކައި ހުރިހާ ދިވެހިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދޭނެ ކަމަށާއި ޒުވާނުންގެ އައު ޖީލެއް އުފައްދައި އެޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ ފުރުސަތުތައް ހޯދައި ދީ ތަޢުލީމު ދީ ތަމްރީނު ކޮށްދިނުމަކީ އެމްޑީޕީ ސިޔާސަތު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އދ.އަށް ކުރެއްވެވި ދަތުރުފުޅުގައި މަހިބަދޫގެ އިތުރުން ދިއްދޫ އަދި ދިގުރަށަށްވެސް ވަޑައިގެންފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.