ދިގުރަށުގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
07 Sep 2023 | 08:13
ހއ.އަތޮޅުން އައްޑުއާއި ހަމައަށް ރައްޔިތުން ތިބީ އަޅުގަނޑުމެންނާއި އެކު ކުރިއަށްދާން: ރައީސް ޞާލިޙް

ހއ.އަތޮޅުން އައްޑުއާއި ހަމައަށް ރައްޔިތުން ތިބީ އެމްޑީޕީ ކޯލިޝަނާއި އެކު ކުރިއަށްދާން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު އދ.ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު މިއަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރަމުން، މިކެމްޕޭނުގަ ވަރަށްސާފުކޮށް ފެންނަ އެއް މަންޒަރަކީ ހއ.ފެށިގެން އައްޑުއަތޮޅާއި ހިސާބަށް ފެންނަނީ ހަމަ އެއްކަމެއް، އެއީ މީގެ ކުރިން އަޅުގަނޑުމެން ދެކެފައިވާ ނާމާންކަމާއި ބިރުވެރިކަމާއި، އުނދަގުލުގެ ތެރެއަށް ދެން ދާން ބޭނުން ނުވާކަން، އަދި ރަށްރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ފަށައިފައިވާ މަސައްކަތް ތަކައިގެން ކުރިއަށްދާން ބޭނުންވާކަން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައިރު  ތަފާތުކުރުންތައް އިންތިހާއަށް އޮތް ކަމަށާއި މިއަދު އެކަން އޮތީ އެހެން ނޫން ކަމަށެވެ. އަސާސީ ޚިދްމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާއާއި ލަފާ ފުރުމާއި ކަރަންޓުގެ ޚިދްމަތް ރަނގަޅުވުމުން އެތައް ތަނަކުން ބޮޑެތި ބަދަލުތަކެއް ރަށްތަކަށް އަންނަ މަންޒަރު މިއަދު ފެނިގެން ދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދައުލަތަށް ލިބުނު ފައިސާއިން ކުޑަނަމަވެސް މިންވަރެއް ކުދި ރަށްތަކަށް ހޭދަ ކުރިނަމަ އެރަށްރަށް ހުންނާނީ މިޙާލަތްތަކުގައި ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވިސްނުން ތެރި އަމިއްލައަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. ކުދި ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ބޭނުންވަނީ އަސާސީ ޚިދްމަތްތައް ފޯރު ކޮށްދިނުން ކަމަށެވެ. ދިގުރަށުން މިހާރު މިފެންނަނީ އެމަންޒަރު ކަމަށާއި ދިގުރަށަކީ މިހާރު ގެސްޓް ހައުސް ވިޔަފާރިއަށް އެންމެ ފައްކާވެފައި އޮތް އެއް ރަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް ގެންނަން އޮތް ބޮޑު ބަދަލު ތަކިގެ ސަބަބުން ދިގުރަށް ފަދަ ރަށްތަކުގެ ކުރިމަގު ވަރަށް ފޮނި ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ މަސައްކަތްތަކަކީ އެއްދުވަހަކުން ދެދުވަހަކުން ނިންމާލެވޭނެ މަސައްކަތްތަކެއް ނޫން، އަދި ކިރިޔާ ރަށްރަށުގަ ބިންގާ، ހަޤީޤަތުގައި ދިރިއުޅޭ ރަށަކަށް ބަދަލުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކޮށް މިނިންމާލެވެނީ، ދެންއޮތީ މީގެ މައްޗަށް އަޅުގަނޑުމެން ބިނާ ކުރަން ބޭނުންވާ އިޤްތިޞާދާއި ފުދުންތެރި ރައްޔިތެއް ބިނާކުރުން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މިކަމަށްޓަކައި އަދި ވަގުތު ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުތެރޭގައި   އެތަފާތާއި އެމަންޒަރު ވަރަށް ސާފުކޮށް ރާއްޖޭގެ އެކި ރަށްރަށުން ފެނިގެން ދާނެ ކަމަށެވެ.

ރައީސް ޞާލިޙް ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ވަނީ އދ. ދިއްދޫ އަށްވެސް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.