މިއަހަރުގެ ބެލެންޑޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު މެންޗެސްޓާ ސިޓީގެ 7 ކުޅުންތެރިން
ކުޅިވަރު
07 Sep 2023 | 08:05
ބެލެންޑޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓުގައި ސިޓީގެ 7 ކުޅުންތެރިއަކު

މިއަހަރުގެ ބެލެންޑޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް މިރޭ އިއުލާން ކޮށްފިއެވެ.

މިލިސްޓުގައި އެންމެ ގިނައިން ހިމެނެނީ ޕްރެމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސްލީގުގެ ޗެންޕިއަން މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނެވެ. އެގޮތުން ސިޓީގެ 7 ކުޅުންތެރިއަކު މިލިސްޓުގައި ހިމެނޭ އިރު، ދެވަނައަށް އެންމެ ގިނައީ ރެއާލް މެޑްރިޑް އަދިި ބަޔާން މިއުނިކްގެ ކުޅުންތެރިންނެވެ. މިއިން ކޮންމެ ޓީމެއްގެ ތިން ކުޅުންތެރިން މިލިސްޓުގައި ހިމެނޭ އިރު، ޕްރެމިއާ ލީގަށް ނިސްބަތްވާ 12 ކުޅުންތެރިއަކު މިފަހަރުގެ ލިސްޓުން ޖާގަ ހޯދާފައިވެއެވެ.

މީގެއިތުރުން މިއީ 20 އަހަރުގެ ތެރޭގައި ބެލެންޑޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ. ރޮނާލްޑޯގެ އިތުރުން މިފަހަރުގެ ލިސްޓުން ބަކީވި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ.

ރަޝްފޯޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 56 މެޗުގައި 30 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މީގެއިތުރުން ރަޝްފޯޑް ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާއެކު އިގިރޭސި ލީގުކަޕް ކާމިޔާބުކޮށް، އެފްއޭ ކަޕާއި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުމުގެ އިތުރުން ޕްރެމިއާ ލީގުގެ ތިންވަނަ ޔުނައިޓެޑަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެއިތުރުން މިފަހަރުގެ ލިސްޓުން އެންމެ ފާހަގަކޮށްލެވެނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅޭ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ބެލެންޑޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް ހިމެނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން