ރައީސް ޞާލިޙް އައްޑޫ ސިޓީގައި. ފޮޓޯ: އެމްޑީޕީ
ހަބަރު
07 Sep 2023 | 14:36
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެދުވަހު ނުނިދައި ކެމްޕޭންގެ ފޯރި ގަދަކޮށްލުމަށް

ކުރިއަށް އޮތް ދެދުވަހު ނުނިދައި ކެމްޕޭނުގެ ފޯރި ގަދަކޮށްލައި އެމަނިކުފާނު އިންތިޚާބު ކުރުމަށް އައްޑޫގެ ކެމްޕޭނު ޓީމުތަކަށް ރައީސް ޞާލިޙް ގޮވައިލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ހުޅުދޫ ގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ، ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް، އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް، އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.

އިއްޔެ ރައީސް ޞާލިޙް އައްޑުއަށް ވަޑައިގަތުމުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރައީސް ޞާލިޙަށާއި ޓީމަށް މަރުޙަބާ ދެންނެވުމަށް ޖަމާވެފައެވެ.

އެކަމާއި ގުޅުވައިގެން ރައީސް ޞާލިޙް ވިދާޅުވީ އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަޤީޤަތުގައި ވެސް އިންތިޚާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ހަމަ ހަޤީޤަތުގައިވެސް މިކަން މިއޮތީ ނިމިފައިކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށްކަމަށާއި އައްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ 130،000 130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ޢަދަދަށް ވޯޓު ލިބިވަޑައިގެންފިނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިޚާޞު ކާމިޔާބު ވީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށަށް ވަޑައިގެން ރައީސް ދަނީ އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ. މިރޭ "އުފާވެރި އައްޑޫ" ގެ ނަމުގައި ބޮޑު ޖަލްސާއެއް އައްޑޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ