އައްޑޫ ސިޓީގައި ރޭ ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
08 Sep 2023 | 09:21
އައްޑޫ ސިޓީ ތަރައްޤީ މިކުރަނީ ރާއްޖޭގެ އިޤްތިޞާދީ އެއް ހަބުގެ ގޮތުގައި: ރައީސް ޞާލިޙް

މިސަރުކާރުން އައްޑޫ ސިޓީ ތަރައްޤީ ކުރަނީ ރާއްޖޭގެ އިޤްތިޞާދުގެ އެއް ހަބުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ އައްޑޫ ސިޓީގައި ބޭއްވި "އުފާވެރި އައްޑޫ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"މިފާއިތުވި ފަސްއަހަރު ދުވަސް ތެރޭގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރީ، ސަރުކާރުން މަސައްކަތްކުރީ، ތިޔަ ބޭފުޅުން އަޅުގަނޑުމެންނާއި ހަވާލުކުރި މެނިފެސްޓޯ ތަންފީޒު ކުރަން، އަޅުގަނޑު ހިތުން މިއަދު އޭގެ ރީތި މަންޒަރު އައްޑޫ ސިޓީ އިން ފެންނަމުން އެބަދޭ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ 190 ހެކްޓަރުގެ ބިން އައްޑޫގައި ހިއްކިއްޖެ ކަމަށާއި މުޅިން އަލަށް އުފެއްދޭ ފަސް ރިސޯޓްގެ ތެރެއިން ތިން ރިސޯޓް ހިއްކައި މިހާރު ނިމިއްޖެކަމަށެވެ. އަދި 124 ކިލޯ މީޓަރުގެ މަގު އެދަނީ އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައި ނިމެމުން ކަމަށް ރައީސް ވިދާޅުވިއެވެ. ޝަންގްރިއްލާއަށް ދާއިމީ ހައްލެއް މިހާރު އެދަނީ ގެނެވެމުން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ގަން އެއަރޕޯޓުގައި މީގެ 40 އަހަރުކުރިން ހަރުކުރި އިކުއިޕްމެންޓްތައް ބަދަލުކުރެވެމުން އެދަނީ އަދި ކިރިޔާ ކަމަށެވެ.

"އަޅުގަނޑުމެން އައްޑޫ ސިޓީ ތަރައްޤީ މިކުރަނީ ތަރައްޤީގެ ރާއްޖޭގެ އެއްމައި ހަބުގެ ގޮތުގައި، މިހާތަނަށް އައިރުގަ ރާއްޖޭގެ އިޤްތިޞާދު އޮތީ ވަކި ދިމާއަކަށް އުފުލި ދެކޮޅަށް ތިރިވެފަ، ހަޤީޤަތަކީ އެއީ، އުތުރުގަ އެހެން، ދެކުނުގަވެސް އޮތީ އެޙާލުގަ، މެދައް އެކަނި އުސްވެފަ އޮތީ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މިސަރުކާރުން މިދަނީ އެކަން ހަމަހަމަ ކުރަމުން ކަމަށާއި އޭގެ މިސާލު އުތުރާއި ދެކުނުން މިއޮތީ ފެންނަން ކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އެދަނީ ތަރައްޤީ ވަމުން ކަމަށާއި، ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް ގެނެވެމުން އެބަދާކަމަށާއި، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތައްޔާރުވަމުން އެބަދާކަމަށާއި، ކައްދޫ އެއަރޕޯޓާއި ތިނަދުއަށް ގެނެވޭ ބޮޑު ބަދަލާއި، ގއ ވިލިގިއްޔަށް ތަރައްޤީގެ ބޮޑު ބަދަލެއް އެބަ އަންނަ ކަމަށާއި، އައްޑޫ ސިޓީ އަށް މިއިން ޒަމާނަކު ނާންވަރުގެ ބޮޑޫ ތަރައްޤީ އެއް މިދަނީ އަންނަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އޭރުން އަދި ކިރިޔާ މިރާއްޖެ އަސްލު ފައިދާ ރައްޔިތުންނަށް ލިބެން ފަށާނީ، އިރާދަކުރެއްވިއްޔާ  އަޅުގަނޑުމެން މިފަށައިފައިހުރި މަސައްކަތްތައް ނިންމާނީ މިދެންނެވި ގޮތައް ރާއްޖޭގެ އުތުރާއި ދެކުނުގައި އުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި، ހުރިހާ އަސާސީ ޚިދްމަތެއް ފޯރު ކޮށްދީގެން، ރާއްޖޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް އެންމެ އިންސާފުވެރިގޮތައް ލިބޭނެގޮތައް ހަދައިގެން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް 

ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ އައްޑޫ އަށް އަންނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަން ވިދާޅުވެދެއްވައިފައެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި ދެއްވާނެ ކަމަށާއި، ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ހައުސިންގ ޔުނިޓް އަޅައި އަމިއްލަ ގޯތި ތަކުގައި ގެދޮރު އެޅުމަށް، ލުއި ފަސޭހަ ވާނެ ގޮތަކަށް ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމާއި އެސްޓީއޯ އަދި މޯލްޑިވްސް ގޭސް އިން ވިއްކާ މުދާ އެއް އަގެއްގައި އައްޑޫގައި ފޯރުކޮށްދިނުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ރޭސިން އަށް ލޯބިކުރާ ޒުވާނުން ގިނަ އަދަދަކަށް ތިބި އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް ޤާއިމްކޮށްދެއްވުމަށާއި އިތުރު ކުޅިވަރުތައް ކުޅެވޭ ގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމްކޮށްދިނުމަށް ވައުދުވެވަޑައިގެންނެވިއެވެ.

މީގެއިތުރުންވެސް ތަރައްޤީ އާއި ގުޅޭ ގިނަ ވައުދުތައް ރައީސް ވަނީ ވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ