މީދޫ ދާއިރާގެ މެމްބަރު އަހްމަދް ސިޔާމް މުޙައްމަދު. ފޮޓޯ:އެމްޑީޕީ
ހަބަރު
08 Sep 2023 | 11:03
އަޅުގަނޑުމެންގެ ޓީމާއި ވާދަކުރެވޭނެ އެހެން ރިޔާސީ ޓީމެއް ނެތް: ސިޔާމް

އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ޓީމާއި ވާދަކުރެވޭނެ އެހެން ޓީމެއް ނެތްކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ރޭ އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދިޔަ "އުފާވެރި އައްޑޫ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ އެމްޑީޕީ ކޯލިޝަންގައި ތިބީ ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ކާރު ރައްޔިތުންނަށް އެންމެ ޚިދްމަތްތެރި ބޭފުޅުން ކަމަށެވެ.

"އަޅުގަނޑުމެންނާއި ވާދަކުރެވޭނެ ސިޔާސީ ގޮތުން ރައްޔިތުންނާއި އެކުގައި ކަންތައްތައް ކުރިއަށްގެންދެވޭނެ އެހެން ޓީމެއް ރިޔާސީ ރޭހަށް ނުކުމެފައެއް ނުވޭ" 

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު

ސިޔާމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓީމަކީ ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންނަށް އޯގާތެރިވާ، ރައްޔިތުން ބޭނުންވާ ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް އަބަދު މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ މިއަދު އައްޑޫ މިދެކޭ ތަރައްޤީއަކީ އައްޑޫގެ ރައްޔިތުން ފެށުނިއްސުރެ ބޭނުންވެފައި ތިބި ތަރައްޤީ ކަމަށާއި، އައްޑޫގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ޞާލިޙާއި އެބޭފުޅުން ބޭނުންވަނީ ރާއްޖޭގެ އެއްތަނެއް ތަރައްޤީ ވެ އެއްބަޔަކު މުއްސަނދިވާން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކީ، އުފަލާއި އަރާމުގައި އުފާވެރި ދިވެހި ރާއްޖެއެއްގައި ދިރިއުޅޭ ބަޔަކަށް ވުމަށް، އަޅުގަނޑުމެން މިގެންދާ ހެޔޮ އިޤްތިޞާދީ އިންޤިލާބީ ބަދަލު، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ތަންތަނުން ލޯނު ނަގާތީ ޤައުމު ދަރަނީ އޭ ކިޔައި ވާހަކަ ދައްކާ ކަމަށާއި، ދަރަނި ނަގަނީ އެ ދަރަނި 3 އަހަރު ތެރޭގައި އަރަންޏަށް ބަދަލު ކުރެވޭނެ ތީ ކަމަށެވެ. އަދި ދަރަނި އަރަންޏަށް ހެދޭނީ އިޤްތިޞާދު ދަންނަ މީހަކަށް ކަމަށާއި ރައީސް ޞާލިޙަކީ އިޤްތިޞާދު ދަންނަ ބޭފުޅެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.