ޖަގަހަ ހުޅުވުމަށް ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
08 Sep 2023 | 14:05
އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނަކީ ދިވެހިރާއްޖޭގެ ފަޚުރުކަން އިހްސާސް ވާނެ: މުޢިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖޭގެ ފަޚުރު ކަމުގައި އެބޭފުޅުންނަށް އިހްސާސް ވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

"ދިވެހިންގެ ރާއްޖެ" ބިސްބުރު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަޚުރު ކަމަށެވެ. އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެންމެ ބޮޑަށް ދޭންޖެހޭ އެއްބަޔަކީވެސް ދިވެހި ސިފައިންނާއި ފުލުހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންނަމަވެސް މިސަރުކާރުން ދިވެހި ފުލުހުންނާއި ސިފައިންނާއި ދޭތެރޭގައި އަމަލު ކުރަމުންދަނީ ވަރަށް އިހާނަތިކޮށް ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. އަދި ސަރުކާރުން ސިފައިންނާއި މެދު އިހްމާލުވަމުންދަނީ ގަސްތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެގޮތުން، ހިދުމަތްތެރިންނަށް ލިބެންޖެހޭ އެލަވަންސްތައް ކުޑަކޮށް ގެދޮރުވެރިކަމުގައިވެސް ކަންކުރަނީ އެހާ ދެރަވަރުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއްވެސް ވަރަކަށް އިހުސާސެއް ނުވޭ ތިމަންނާ މެނަކީ ގައުމުގައި މުހިންމު ބައެކޭ މިސަރުކާރުން ކަންތައްކުރާގޮތުން." މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދިވެހިރައްޔިތުންނަށް ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ތެރެއިން، ސިފައިންނާއި ފުލުހުންނަށް ވަކިން ހާއްސަ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

ސިފައިންނާއި ފުލުހުންނަށް ވަކިން ހާއްސަ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދީ، ސިފައިންނާއި ފުލުހުންނަކީ ގެދޮރުވެރިކަމުގެ އަޅުވެތިކަމުން ސަލާމަތް ކޮށްދީފައިވާ ބަޔަކަށް އަޅުގަނޑުމެން ހަދައިދޭނަން. 

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ވެސް ސިފައިންނާ ފުލުހުންނަށް ދޭ އެލަވަންސް ބޮޑު ކޮށްދީ, އެ މީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. 

މިއާއެކު ޑރ މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ ފަހުރުކަން އިހުސާސްވާ ގޮތަށް އެ ބޭފުޅުންނަށް މަސައްކަތް ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދެއްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.