ވޮއިސް އިންތިހާބު ކަވަރޭޖް 2023
ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމާނީ ލީޑަޝިޕުން ކަމަށާ، މިހާތަނަށް ކޯލިޝަނާ ގުޅޭ އެއްވެސް ނިންމުމެއް ނެތް ކަމަށް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ
ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމަށްޓަކާ އިތުރު ބަޔަކާ އެކީގައި ކޮންމެހެން ވެސް ބައިވެރިވާންޖެހޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް، އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ
ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސާލިހާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު 15،000 ވުރެ ގިނަ ވޯޓުގެ ފަރަގު އެބަ އޮތް.
މުއިއްޒަށް ލިބިވަޑައިގެންނެވީ 100,342 ވޯޓު. އެއީ 46.19 ޕަސެންޓް.
ރައީސް ސާލިހަށް 84،805 ވޯޓު. އެއީ 39.04 ޕަސެންޓް ވޯޓު.
މިހާތަނަށް ގުނުނު ފޮށީގެ އަދަދު: 78
ޖުމްލަ ބެހެއްޓުނު ފޮށީގެ އަދަދު: 574
ސައްހަ ވޯޓު: 10,449
ބާތިލް ވޯޓު: 110
ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު؛
އުމަރު ނަސީރު 341
ހަސަން ޒަމީލް 16
އިބްރާހީމް މުހައްމަދު ޞާލިހު 4082
ޑރ. މުހައްމަދު މުޢިއްޒު 5004
ގާސިމް އިބްރާހިމް 195
ފާރިސް މައުމޫން 36
އިލްޔާސް ލަބީބު 611
މުހައްމަދު ނާޒިމް 54
ވޯޓާ ގުޅިގެން މިހާތަނަށް ޖުމްލަ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަ މީހުން ވަނީ ދޫކޮށްލާފައި. މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް.
ވޯޓު ގުނަން ފަށައިފި!
މިހާތަނަށް ގުނި 34 ފޮށީގެ ނަތީޖާ؛
އުމަރު ނަސީރު 75
ހަސަން ޒަމީލް 1
އިބްރާހީމް މުހައްމަދު ޞާލިހު 763
ޑރ. މުހައްމަދު މުޢިއްޒު 795
ގާސިމް އިބްރާހިމް 56
ފާރިސް މައުމޫން 20
އިލްޔާސް ލަބީބު 127
މުހައްމަދު ނާޒިމް 8
ގިނަ ވޯޓު ފޮށިތައް ގުނަން ފަށައިފި.
ވޯޓު ގުނަން ފެށުމުގެ ކުރިން ބާކީ ހުރި ވޯޓު ކަރުދާސްތައް ޕަންޗު ކުރަން ފަށައިފި.
ވޯޓު ކަރުދާސް ޕަންޗު ކޮށްފައި ދައްކަނީ-
ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފެށުމަށް ތައްޔާރުވާން ފަށައިފި!
ކިޔުތައް ބަންދު ކުރަން ފަށައިފި.
އީސީން ބުނީ 4:00 ގައި ކިޔޫތައް ބަންދު ކުރާނެ ކަމަށް.
އަދި ވޯޓުލުމުގެ ވަގުތު އިތުރުވެސް ނުކުރާނޭ ކަމަށް.
2:00 އާ ހަމަޔަށް % 58 ވޯޓުލައިފި.
މިހާތަނަށް އިލެކްޝަންސް ބިއުރޯ އަށް 14 މައްސަލައެއް ހުށަހަޅައިފައިވޭ، އެއީ ބޫތު ހުންނަ ގޮތުގެ ޝަކުވާ އާއި ވީޑިއޯ އާއި ފޮޓޯ ނަގާ ކަމުގެ ޝަކުވާ އާއި މޫނު ބުރުގާ އަޅާ މީހުން އެއީ ކާކުތޯ ޗެކް ކުރާ އިރު، އެހެން މީހުންނަށް ފެންނަ މައްސަލަ ކަހަލަ މައްސަލަތައްކަމަށާއި އެ ޝަކުވާތައް ބަލާފައި ޖަވާބުދޭން ޖެހޭ ނަމަ އެކަން ކުރާނެ ކަމުގައި ހަބީބު ވިދާޅުވެފައިވޭ
އުމަރު ނަސީރުވެސް އިންތިހާބުގައި ވޯޓު ލައްވައިފި
ވޯޓުލާ މަރުކަޒަށް ކެމެރާ ހަރުކޮށްފައިވާ ސްޕައި ޕެން ވެއްދި މީހަކު، ފުލުހުން ހިފަހައްޓައިފި
ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުން ނުވަތަ ކަރުދާސްކޮޅު ދެއްކުމަކީ ކުށެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަށް ހުށަހަޅާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހަބީބު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވޯޓު ލައްވައިފި.
މެޑަމް ފާތުން ވޯޓު ލެއްވުން--
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓުލައްވައިފި.
ހަމަނުޖެހުމާއި ގުޅިގެން ވޯޓުލުން ހުއްޓުނު ރަސްދޫ ވޯޓު ފޮށްޓަށް އަދިވެސް ވޯޓުލާން ފެށިފައި ނުވޭ.
އަދި ވޯޓުލުން ފެށޭނެ އިރެއްވެސް ނޭނގޭ ކަމަށް ކަމަށް ރަސްދޫ ކައުންސިލްގެ ރައީސް ނާހިދު މައުލޫމާތު ދެއްވާ
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއިދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި.
ރައީސް ނަޝީދު ވޯޓު ލައްވާފައި ވަނީ، އިސްކަންދަރު ސްކޫޅްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް.
އއ.ރަސްދޫގެ ވޯޓުފޮށްޓެއް ވަގުތީ ގޮތުން ބަންދުކޮށްފި.
ވޯޓު ފޮށި ބަންދު ކުރީ އިލެކްޝަންސް ގެ ރަސްދޫ ދެ އޮފިޝަލުން މަސްއޫލިއްޔަތުން އެކަހެރި ކުރުމުން.
ދެ އޮފިޝަލުން ނަކީވެސް ޕީޕީއެމް އޮފިޝަލުން ކަމަށް ވާތީ ޕީޕީއެމް އަށާ ނިސްބަތްވާ މީހުން އެކަމާއި ނުރުހުން ފާޅުކޮށް ވަނީ ހަމަނުޖެހުން ހިންގާފައި.
ދެ އޮފިޝަލުން ވަކިކުރި ސަބަބު އަދި ހާމަ ކޮށްފައެއް ނުވޭ.
ރަސްދޫ ވޯޓު ފޮށި ވަގުތީ ގޮތުން ބަންދު ކުރުން
އީޔޫގެ 40 އޮބްޒާވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތެރިވަމުން
އީޔޫ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ މިހާތަނަށް އޮބްޒާވް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް.
40 މެމްބަރުންގެ ބޮޑު ޓީމަކުން ހަރަކާތްތެރިވަމުންދަނީ ކީއްވެތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޗީފް އޮބްޒާވަރު ވިދާޅުވީ އޭގެން ފެނިގެންދާނީ އީޔޫގެ ކޮމިޓްމަންޓުކަމަށް
އިންތިޚާބާއި ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން އަދި އީޔޫގެ އޮބްޒާވަރުން ހާމަކޮށްފައި ނުވާއިރު، އެ ވަފުދުން އެ ކަންކަން ހާމަކުރާނީ ހޯމަ ދުވަހުގެ 2 ޖަހާއިރު ބާއްވާ ޕްރެސް ކޮންފަރެންސްގައި ކަމަށް ޗީފް އޮބްޒާވަރު ވަނީ ވިދާޅުވެފަ
ރައީސް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މި އިންތިޚާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދަށް ވޯޓުލާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވޯޓުލައްވައިފި
ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވޯޓުލައްވައިފި
ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވޯޓު ލެއްވުމަށް އިސްކަދު ސުކޫލަށް ވަޑައިގެންފި
ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ލައްވައިފި
ޑރ ވަހީދު ވޯޓުލައްވަނީ
ވޯޓު ދިނުމަކީ ރައްޔިތުންގެ ކުރިމަގު ބައްޓަންކުރުމަށް ނިންމޭ ވަރަށް މުހިންމު ނިންމުމަކަށް ވާތީ، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގެން މި ޒިންމާ އަދާކުރެއްވުމަށް ފާރިސް ގޮވާލައްވައިފި
މި ރިޔާސީ އިންތިޙާބުގައި އަމިއްލަ ގޮތުން ބައިވެރިވެވަޑައިގަންނަވާ ފާރިސް މައުމޫނު ވޯޓުލައްވައިފި
ފާރިސް މައުމޫނު ވޯޓުލައްވަނީ
މިއަދުގެ 10 ޖެހުމާއި ހަމަޔަށް 36163 މީހުންވަނީ ވޯޓްލައިފައި. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުން
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ނާޒިމް ވޯޓު ލައްވައިފި
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް ވޯޓްލައްވައިފި. އިލްޔާސް ވޯޓްލެއްވީ ކަލާފާނު ސްކޫލުގައި އައްޑޫ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިވާ ފޮއްޓަށް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވޯޓުލައްވައިފި
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލިޔާސް ލަބީބު ވޯޓުލެއްވުމަށް ވޯޓުލާ މަރުކަޒަށް ވަޑައިގެންފި
މޮނީޓާ ފާސް އޮތް މީހުން ކެމެރާ ޒޫމްކޮށްގެން ވޯޓުކަރުދާސް ފޮޓޯ ނެގުމަކީ ޤާނޫނީ ކުށެއް ކަމަށާއި، އެގޮތަށް ކަންތައް ކުރާނަމަ، ފާސް އަތުލުމަށްފަހު ވޯޓުލާ މަރުކަޒުން ބޭރުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
ސިޔާސީ ޕާޓީތައްތަމްސީލުކުރާ ފަރާތްތަކުން، ވޯޓުލާ މީހުންގެ ލިސްޓް ހިފައިގެން އެފަރާތްތަކުގެ މައުލޫމާތު ނޯޓުކުރުމަށާއި އެފަރާތްތަކަށް ގުޅުމަށް ވޯޓުލާ މަރުކަޒުގެ ކުރިމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ތިބުމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށާ، އެހެންކަމުން ރިޔާސީ އިންތިޙާބުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެފުރުޞަތު ދެވެންނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޤާސިމް އިބްރާހިމްވެސް ވޯޓު ލައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންތިހާބީ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވޯޓުލައްވައިފި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލެއްވުމަށް ވަޑައިގަންނަވާނީ ހެނދުނު 10:00 އާއި 10:30 އާ ދެމެދު ޖަމާލުއްދީން ސްކޫލަށް. ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވާނީ ހެނދުނު 10:00 ގައި
ހުރިހާ ބޭފުޅުންވެސް އަވަހަށް ވަޑައިގެން ވޯޓުދެއްވުމަށް ޑރ.މުޢިއްޒު އިލްތިމާސްކުރައްވައިފި
ފަސްޓު ލޭޑީ މެޑަމް ފަޒްނާ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި
ލަންޑަން، އަބޫދާބީ ފިޔަވައި، އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށް ދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްލާއިލް ހަބީބު ވިދާޅުވެއްޖެ
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލާ މަރުކަޒަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން މައުލޫމާތު ދީފި. އެމަނިކުފާނު ވޯޓުލުމަށް ތާޖުއްދީނަށް ވަޑައިގަންނަވަނީ، އައިޖީއެމްއެޗު ކައިރީގައި ހުންނަ އޭނާގެ ގެ، މ. ދިމްޔާތުން ހިންގަވާފައި
ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުالله ވޯޓުލައިފި.
އަބްދުއްރަހީމް އަބްދުالله ވޯޓުލަނީ-- ފޮޓޯ/ ޕީޕީއެމް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވޯޓު ލައިފި
ރިޔާސީ އިންތިހާބުގެ ވޯޓުލާން މީހުން ކިޔުގައި-- ފޮޓޯ/ ވޮއިސް
ރިޔާސީ އިންތިހާބުގެ ވޯޓުލާން މީހުން ކިޔުގައި-- ފޮޓޯ/ ވޮއިސް
ރިޔާސީ އިންތިހާބުގެ ވޯޓުލާން މީހުން ކިޔުގައި-- ފޮޓޯ/ ވޮއިސް
ސެމްބެ ވޯޓު ލަނީ -- ފޮޓޯ/ ވޮއިސް
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ރަނިންމޭޓް، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ލައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި.
ރާއްޖޭގެ ހުރިހާ ހިސާބެއް އަދި އިނގިރޭސިވިލާތް ފިޔަވާ ވޯޓު ފޮށި ބަހައްޓާ އެހެން ގައުމުތަކުގައިވެސް ވޯޓުލުން އަންނަނީ ކުރިއަށެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުޙައްމަދު ލަތީފު ވޯޓު ލައްވައިފި
ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދާލައިފި
ވޯޓުލާން ފަށާގަޑި އަކީ ހެނދުނު 8:00 ޖަހާއިރެވެ. ވޯޓުލާ މަރުކަޒު ކައިރީ ކިޔު ހެދުން 7:30 ފެށިގެން ޖެހެވޭނެއެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ހަމަޔަށެވެ.
ވޯޓުލުމަށް ފަހު ބާކީ ކަރުދާސްތައް ޕަންޗް ކުރުން
ކުރިއަށް އޮތް ފަސްއަަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމައް ކަނޑައަޅުއްވާ ބޭފުޅަކު އިންތިހާބުކުރުން މިއަދު އޮންނާނެއެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ.
މިފަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި ރަށްރަށުގައި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
އިންތިހާބުގެ ދެވަނަބުރަކަށް ވޯޓްލާންޖެހޭ ހާލަތެއްގައި، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ވޮއިސް އިންތިހާބު ކަވަރޭޖުން މުޅި ރާއްޖޭގައި ކުރިއަށްދާ އިންތިހާބުގެ ފަހުގެ މައުލޫމަތު ގެނެސްދެވޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists