ބިން ހެލުން އައި ސަރަހައްދު ދައްކުވައިދޭ މެޕެއް
ހަބަރު
09 Sep 2023 | 09:13
މޮރޮކޯއަށް ބާރުގަދަ ބިންހެލުމެއް އައިސް، ގިނަ ބަޔަކު މަރުވެއްޖެ

މޮރޮކޯއަށް ބާރުގަދަ ބިންހެލުމެއް އައިސް، ގިނަ  ބަޔަކު މަރުވެއްޖެއެވެ.

6.8މެގްނެޓިޔުޓްގައި އައި މި ބިންހެލުމުގެ ސަބަބުން 296 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. މީހެ އިތުރުން 150 އަށް ވުރެ ގިނަ މީހުން ވަނީ މި ޒަހަމްވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ 6.8 މެގްނެޓިޔުޓްގައި އައި ބިންހެލުމުގެ ކުރިން ވެސް އެއަށްވުރެ ކުޑަ ބިންހެލުމެއް އެސަރަދަށް އައިކަމަށެވެ.

ބިން ހެލުން އައިސްފައިވަނީ މޮރޮކޯގެ ހަތަރު ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ  މައްރަކޭޝްގައި ހިމެނޭ ފަރުބަދަމަތީ ސަރަހައްދަކަށެވެ.

ބިންހެލުމުގެ ސަބަބުން މައްރަކޭޝްގެ އެންމެ ދުވަސްވީ ތާރީޚީ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މޮރޮކޯގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ބިންހެލުމުގައި ލިބުނު ގެއްލުންތައް ރަނގަޅަށް އަދި ސާފު ވެފައި ނުވާ ކަމަށާއި މީހުން މަރުވި ވަރުވެސް އަދި މުޅިއެކުން ޔަޤީން ނުވާ ކަމަށެވެ.

މީގެ ކުރިން 2004 ވަނަ އަހަރު މޮރޮކޯއަށް ބިން ހެލުމުގައި 600 މީހުން ވަނީ މަރުވެފައެވެ. އެއީ 6.3 މެގްނެޓިޔުޓް ގައި އައި ބިންހެލުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް