މޮރޮކޯއަށް އައި ބިންހެލުން
ހަބަރު
09 Sep 2023 | 19:55
މޮރޮކޯ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 820 އަރައިފި

މިއަދު މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 820 އަށް އަރައިފިއެވެ.

މޮރޮކޯގެ ޤައުމީ ޓީވީއިން ބުނެފައިވަނީ ބިންހެލުން ތަކުގެ ސަބަބުން މަރިވި މީހުންގެ ޢަދަދަ 820 އަށް އަރައިފައި ވާ ކަމަށާއި ހާދިސާގެ ސަބަބުން ޒަޚަމް ވި މީހުންގެ ޢަދަދު 670 އަށް އަރާ ކަމަށެވެ.

އަދި ބިންހެލުން އައި ސަރަހައްދުގައި ހުރި ތާރީޚީ ބިނާ ތަކަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މޮރޮކޯގެ ޤައުމީ ޓީވީއަށް މަޢުލޫމާތު ދެމުން މޮރޮކޯގެ ދާޚީލީ ވަޒީރު ވިދާޅުވެފައިވަނީ ޒަޚަމް ވި މީހުންގެ ތެރެއިން 205 މީހެއްގެ ޙާލު ވަރަށް ދެރަކަމަށެވެ.

ބިންހެލުން އައި އަވަށުގެ މީހަކު ބުނެފައިވަނީ އޭނާގެ އަވަށްޓެރިން ތިބީ ގެތައްވެއްޓުމުން އޭގެ ފާރު ތަކުގެ ދަށުގައި ކަމަށާއި ފާރުތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރަން އަންނަނީ އަވަށުން ލިބެން ހުރި އެއްޗެއް ބޭނުން ކޮށްގެން  މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

މީގެ ކުރިން 2004 ވަނަ އަހަރު މޮރޮކޯއަށް ބިން ހެލުމުގައި 600 މީހުން ވަނީ މަރުވެފައެވެ. އެއީ 6.3 މެގްނެޓިޔުޓް ގައި އައި ބިންހެލުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް