ބިންހެލުމުގައި މަރުވިމީހުންގެ ހަށިތައް ޢިމާރާތްތަކުގެ ދަށުން ނެރެނީ. ފޮޓޯ:އީޕީއޭ
ހަބަރު
10 Sep 2023 | 11:39
މޮރޮކޯ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 2000 މައްޗަށް

ހޮނިހިރު ދުވަހު މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 2000 މައްޗަށް އަރައިގެން ހިނގައްޖެއެވެ.

އަލްޖަޒީރާ ގައި ބުނެފައިވަނީ މޮރޮކޯގެ ފަރުބަދަމަތީ އަވަށަށް އައި ބިންހެލުމާއި ގުޅިގެން ރެސްކިޔު ވޯކަރުން ދަނީ ވެއްޓި ހަލާކުވެފައިވާ ޢިމާރާތް ތަކުގެ ދަށުން މީހުން ހޯދައި މީހުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތަކުން އަންނަނީ މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ތައް ކުރަމުން ކަމަށެވެ.

މި ހާދިސާގައި 2000 އަށް ވުރެ ގިނާ މީހުން މަރުވެފައިވާއިރު 2000 އަށްވުރެ ގިނަ މީހުނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ލިބިފައެވެ.

މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6ވަނަ އެޤައުމުގެ ސިފައިންނަށް އަންގައިފައިވަނީ ބިންހެލުން އައިސް ހަލާކުވި ސަރަހައްދުން މީހުން ހޯދުމަށާއި މީހުން ސަލާމަތްކުރުމަށް ޚާއްސަ ޓީމުތައް އެކުލަވައިލުމަށާއި ބިންހެލުން އައި ސަރަހައްދުގައި އެކަށީގެންވާ ފަރުވާ ދެވޭނެ ޚާއްސަ ސަރޖިކަލް މެޑިކަލް ކޭމްޕުތަކެއް ޖެހުމަށެވެ.

ބިންހެލުން އައިސްފައިވަނީ މޮރޮކޯގެ ފަރުބަދަ މަތީ އަވަށެވެ. ހޮނިހިރު ވިލޭރޭގެ ދަންވަރު އައި ބިންހެމުގެ ސަބަބުބް ފަރުބަދަމަތީ އަވައްތަކުގެ ދުވަސްވީ ޢިމާރާތްތައް ވަނީ ހަލާކުވެ ވެރިފައެވެ.

ބިންހެލުން އައި ސަރަހައްދުގައި އޮންނަ ތަފެގައްޓް އަވަށުގައި ބިންހެލުމަށް ފަހު ކޮއްޅަށް ހަމައެންމެ އިމާރާތެއްވެސް ނެތް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ބިންހެލުމުގެ ސަބަބުން އެއަވަށުގައި ހުރި ޢިމާރާތް ތަކަކީ މަށިން ހަދައިފައި ހުރި ޢިމާރާތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

"އަހަރެންގެ ކާފަ ދަރިންނާއި އެކުދިންގެ މަންމަ މަރުވެއްޖެ، އަދިވެސް އެމީހުންވީ ވެއްޓުނު އިމާރާތުގެ ދަށުގައި، މީގެ ވަގުތު ކޮޅެއް ކުރިން އަހަރެމެން އެކުގައި ހީ ކުޅެ ސަމާސާކޮށް ހެދިން" 72 އަހަރުގެ ޢުމަރް ބެންހަމަން ބުނެފައިވެއެވެ. ޢުމަރުއަކީ ތަފެގައްޓް އަވަށުގެ މީހެކެވެ.

މި ބިންހެލުމަކީ މޮރޮކޯގެ ތާރީޚުގައި އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. މޮރޮކޯގެ ސަރުކާރުން މިހާރުވަނީ ހިތާމަ ފާޅު ކުރުމުގެ ތިން ދުވަހުގެ ގޮތުގައި ބިންހެލުން އައި ދުވަހާއި ވިދިގެން އައި ތިން ދުވަސް ހަމަޖައްސައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް