ޔޫްތް މިނިސްޓަރު އަޙްމަދު މަޙްލޫފް. ފޮޓޯ:އެމްޑީޕީ
ހަބަރު
10 Sep 2023 | 15:29
ނަތީޖާއަކީ ހައިރާންވާފަދަ ނަތީޖާއެއް، ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރު ކާމިޔާބު ވެދާނެ!

ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ ހައިރާންވާފަދަ ނަތީޖާއެއް ކަމަށާއި، ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރު ކާމިޔާބު ވެދާނެ ކަމަށް މި ސަރުކާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

" މިނަތީޖާއަކީ ސިޔާސީ ޙަޔާތުގައި އަޅުގަނޑަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު" 

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް

މަޙްލޫފް ވިދާޅުވީ މިޙަޤީޤަތް ޤަބޫލުކޮށް އަދި ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށްގެން ދެވަނަ ބުރުގައި ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބުވެދާނެ ކަމަށެވެ.

2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫން 45% ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވި ރައީސް މުޙައްމަދު ނަޝީދު ކަމަށް މަޙްލޫފް ވިދާޅުވެފައެވެ. މީގެއިތުރުން މަޙްލޫފް ވިދާޅުވީ 2013ގެ އިންތިޚާބުގައި ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47% ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށެވެ.

" ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު إِنْ شَاءَ ٱللَّٰهُ ދެވަނަ ބުރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ، ގަދައަޅާ މަސައްކަތްކުރަމާ ހިންގަވާ" 

އަޙްމަދު މަޙްލޫފް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.