ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ހަބަރު
11 Sep 2023 | 10:45
އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ހާމަކުރެވެން ހުރި ކަންކަން ހާމަކުރާނަން: ރައީސް ޞާލިހު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައާއި މޮރިޝަސް މައްސަލާގައިވެސް ހާމަކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިހު ވިދާޅުވީ ކެމްޕެއިން ތެރޭގައި ސަރުކާރަށް އަމާޒުކޮށް ދެއްކި ދޮގު ވާހަކަތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވާލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ހުރި ވާހަކައަކާ, ބޭރުގެ ސިފައިން ރާއްޖޭގަ ތިބޭ ވާހަކައަކާ, އެކަހަލަ ބައެއް ދޮގު ވާހަކަތައް ހުރި ކަމަށް އެމާނިކުފާނު ވިދާޅުވިއެވެ.

"ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވާލުމަށް އަޅުގަނޑުމެން މަސައްކަތްކޮށްފައި ހުރި ވާހަކައަކާ، ބޭރުގެ ސިފައިން މިތާ ތިބޭ ވާހަކަ އަކާ، އެކަހަލަ ބައެއް ދޮގު ވާހަކަތައް ކިޔާދީގެން ރައްޔިތުންގެ ބޮލަށް އެ ގަބޫލުކުރެވޭވަރަށް އެވާހަކަ ދެކެވިފައި އެބަހުރި" ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އެވާހަކަ ތަކަކީ ހަގީގަތެއް އޮތް ތެދެއް ނޫން ކަމަށާއި އެކަން ރައްޔިތުންނަށް އޮޅުންފިލުވަދޭން ކެންޕެއިންގެ ތެރެއިން މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ. އަދި ދެވަނަ ބުރުގައި, ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިޔާ ދެވަނަ ބުރުގައި ހާމަ ކުރެވެން ހުރި ހުރިހާ އެއްޗެއް ހާމަކޮށް، އެކަން ރައްޔިތުންނަށް އޮޅުން ފިލުވައިދޭނަން. އޭތި ދޮގު ކަމާ. ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިފައި ނޯންނާނެ ކަމާ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ ރައްޔިތުންނަށް އެވާހަކަތައް ކިޔައިދެއްވުމުން ރައްޔިތުންނަށް އެކަން ވިސްނޭނެ ކަމަށެވެ. 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައިވާ ނަމަވެސް ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށާ، ނަމަވެސް އެ ތިބި އަދަދު ހާމަކުރެވެން ނެތް ކަމަށް ސަރުކާރުން ވެސް އަންނަނީ ހައިކޯޓުގައި ބުނަމުންނެވެ. އަދި އެފަދައިން ކަން ކޮށްފި ނަމަ، ރާއްޖެއަށް ކާޑުގެ ބާވަތްތައްވެސް ނުލިބިދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް
އަހުމަދު
އިންޑިއާ ސިފައިންނާއި ބެހޭގޮތުން ހާމަނުކުރެވޭ އެއްވެސް ކަމެއް އޮވެގެން ނުވާނެކަން ނޭނގޭމީހަކު ވެރިކަމުގަ ނުބެހެއްޓޭނެ. މީ ދިވެހި ރައްޔިތުންގެ ދިވެހިރާއްޖެ. މި ފަސްގަނޑަކު އިންޑިޔާ ސިފައިންގެ ހައްގެއް ނޯންނާނެ.
11 Sep 2023
އަހްމަދް ރަސީދު
ތެދުވެރިކަން ހުރިނަމަ ދިވެހިންގެ ގާނޫނާއި އެއްގޮތަށް އަމަލު ކުރައްވާ. ނޫނީ ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ!
11 Sep 2023
ޙަސަނާ
ކާޑުގެ ބާވަތްތައް ނުލިބިދާނެހެން ހީވާކަހަލަ އެއްބަސްވުން ހެދިގެން ނުވާނެ. ކޮންމެވެސް ގޯހެއް އުޅެނީބާ....
11 Sep 2023
ޟައިނާ
ވަރިހަމަ ހާމަ ނުކުރިޔަސް.ރައްޔިތުންނަށް އިނގޭ.ކޮންމެހެން ސްޓަންޓް ޖައްސާނެ ކަމެއްނެތްއިބޫ ނޫން ގޮތެއް.
11 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.