މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވަގުތު
ހަބަރު
11 Sep 2023 | 13:19
އިންތިހާބު ވަރަށް އަމާން އޮމާން؛ އީސީގެ ވާޖިބު ފުރިހަމައަށް އަދާކޮށްފި: އޮބްޒާވަރުން

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ އަމާން ކަމާއި އެކު ނިމުނު އިންތިހާބެއް ކަމަށާ، އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްފައިވާ ކަމަށް އިންތިހާބު އޮބްޒާވް ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ބައިނަލްއަގުވާމީ އޮބްޒާބަރުން ވިދާޅުވެއްޖެއެވެ.

އިންތިހާބު އޮބްޒާވް ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ބައިނަލްއަގުވާމީ އޮބްޒާބަރުންގެ ފަރާތުން މިއަދު ބެއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތު އެފްރިކާ ގެ ފަރާތުން ވަޑައިގެން ހުންނެވި އޮބްޒާވަރު ވިދާޅުވީ، އިންތިހާބު ގެ ކަންކަން ދިޔަގޮތާއިމެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އޭނާ ވަނީ އިންތިހާބުގައި ބައިވެރިވި ވޯޓް ފޮށި ހުންނަ މަރުކަޒުތަކުގައި ހަރާކާތްތެރިވި %95 މީހުންނަކީ އަންހެނުން ކަމަށާއި އެކަން އެގޮތައް އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. 

އަދި، އޭނާ ބަލަމުންދިޔަ ސަރަހައްދު ތަކުގައި ކިޔޫއެއްވެސް ނެތް ކަމަށާ، ވޯޓު ލުމަށް ގިނަ މީހުން ނެގީ އެންމެ މިނެޓެއް ވަރު ކަމަށާ، އެހެން އެކަން ވީ ވޯޓު ލުމަށް ސްކޫލުތަކުގެ ހޯލްތައް ބޭނުން ކުރުމުން ކަމަށާ، އޭގެ ސަބަބުން ވޯޓްލާ މަރުކަޒުތަކުގައި ތޮއްޖެހުން ކުޑަ ވެގެން ދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން އޭނާ އެންމެ ހައިރާންވި ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަންދިން މަންޒަރު ފެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ ބައްދަލުވުމުގައި، އޮބްޒާވަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ކޮމިޝަނާ އޮފް އިލެކްޝަންސް އަދި ކުރީގެ ސްރީލަންކާގެ ޗެއާމަން އޮފް އިލެކްޝަންސް ކޮމިޝަނާ މޮހިންދުއްދޭ ސަޕްރިޔާ ވިދާޅުވީ މި އިންތިހާބަކީ އަމާން އިންތިޚާބެއް ކަމަށެވެ. 

މި އިންތިހާބަކީ، އަމާން، ހަމަނުޖެހުމާއި އަނިޔާވެރިކަން ނުހިނގާ، އިންސާފުވެރި އިންތިހާބެއް. އެއީ އެންމެ މުހިންމު ކަންކަން. އެންމެ ބުނޭ އިލެކްޝަންސް ކޮމިޝަންގެ ޒިންމާ އަކީ ވޯޓާސް ރެޖިސްޓާ ތައްޔާރުކޮށް، އިންތިހާބު ބޭއްވުން ކަމަށް. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ ގައުމުގެ ސިޔާދަތު ރައްކާތެރިކޮށް، ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދީ، ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުން. ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އެ ޒިންމާ ފުރިހަމަ އަށް އަދާކޮށްދީފި. 

ބައިނަލް އަގުވާމީ އޮބްޒާވަރުން 

އިންތިހާބުގެ ކާމިޔާބީ އަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށާ، އަދި ރައްޔިތުން ދެއްވި އެއްބާރުލުމަށް ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރަން ޖެހޭ ކަމަށް އޮބްޒާވަރުން ވަނީ ބުނެފަ އެވެ. 

މިއިންތިޚާބުގެ ކަންކަމުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އޮބްޒާވަރުން ވިދާޅުވީ، ވޯޓް ލާ މަރުކަޒުތަކުގައި ހުންނަ ސެކިއުރިޓީންނަށް އެއްވެސް ކަހަލަ ހަތިޔާރެއް ދީފައި ނުވުމާއި، ރިޔާސީ އިންތިހާބުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކީ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ބައިވެރިވި މީހުން މަދުވުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް އިންތިހާބުތަކުގައި މިކަންތައް ރަނގަޅު ކުރުމަށް އެބޭފުޅުން އިލްތިމާސް ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ