ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު-- ފޮޓޯ/ ވޮއިސް
ހަބަރު
11 Sep 2023 | 19:11
"އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނާ މައްސަލަ ރައީސް ޔާމީން ޔޫއެންއަށް ހުށަހެޅި"

އަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާތީ, ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އެ މައްސަލަ ޔޫއެން އަށްވެސް ހުށަހެޅުއްވި ކަމަށް، ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނައި ރާއްޖެއަށް ބިރުދައްކާތީ އެކަން އދ.ގެ ސަމާލުކަމަށް ގެންނެވުމަށް ރައީސް ޔާމީނުގެ ސަރުކާރުގައި އދ އަށް ފޮނުއްވި ސިޓީއެއް ހިއްސާކޮށް ނޫސްވެރިއެއް ކޮށްފައިވާ ޓުވީޓެއް ރިޓުވީޓް ކުރައްވަމުން އާޒިމާވެސް ވަނީ އެކަން ތެދު ކުރައްވައި، އެކަމަށް އޭނާ އެކަން ޔަގީން ކޮށްދެއްވާ ކަމަށް ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީން އދ. އަށް ފޮނުވި އެ ސިޓީގައި ވަނީ، އިންޑިއާ އިން ދިވެހިރާއްޖެއާއި މެދު ކަންކަން ކުރަމުން އަންނަނީ އދ. އާއި ބައިނަލް އަގުވާމީ ގޮތުން ހެދިފައިވާ ގާނޫނު ތަކާއިވެސް ޚިލާފަށް ކަން ފާހަގަކޮށްފައެވެ. 

އެގޮތުން އިންޑިއާގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބޭނުމުގެ ގޮތުން ރާއްޖޭގައި ޑިމޮކްރެސީ ގެ ނިޒާމް ހިންގަންޖެހޭނެ ގޮތާއި، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންކަންވެސް ކުރަންޖެހޭނެ ގޮތާއި މެދު ގޮތް ބުނަމުންދާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ވެސް އިންޑިއާގެ ސިފައިންގެ ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް އެއްބާރުލުންދީ އެކަމަށް ހިތްވަރު ދިނުމަށް އެ ގައުމުގެ މީޑިއާތައް މެދުވެރިކޮށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާ، އޭގެ ސަބަބުން ދިވެހިންގެ މެދުގައި ބިރުވެރިކަން އުފެދެމުންދާ ކަމަށް އެސިޓީގައި ހާމަކޮށްފައިވެއެވެ.

ހަމަ އެހެންމެ ރައީސް ޔާމީން ގެ ވެރިކަން ވައްޓާލުމަށް އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށް ހިތްވަރުދީވެސް އެގައުމުގެ މީޑިއާ ތަކުގައި ޚަބަރު ފަތުރާފައިވާ ކަމަށާ، އެކަން ކަން އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުންވެސް އެ ސަރުކާރުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ