ޕޯޗުގަލްގެ ކުޅުންތެރިން ލަކްޒެމްބަރގް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
12 Sep 2023 | 08:31
ބުރޫނޯ ފެނާންޑޭޒްގެ މޮޅު ކުޅުމާއެކު ލަކްޒެމްބަރގް އަތުން ޕޯޗުގަލް އަށް ފަސޭހަ މޮޅެއް

ޔޫރޯ 2024 ގެ ކޮލިފައިންގ ގްރޫޕް ޖޭގައި މިރޭ ތަފާތުބޮޑު ނަތީޖާއަކުން ލަކްޒެމްބަރގް ބަލިކޮށް ގުރޫޕްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެންމެ ފަހު ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާއެކު މިރޭގެ މެޗަށް ސަސްޕެންޑްވެފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނުލައި އެޓީމުން ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ޑިފެންޑަރު ގޮންކާލޯ އިނާސިއޯ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސް އެވެ. އަދި ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިނާސިއޯ އެވެ.

މެޗުގެ ދެވަަނަ ހާފުގައި ޕޯޗުގަލް އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު މި ހާފުގައި އެޓީމުގެ ލިވަޕޫލް ފޯވާޑް ޑިއެގޯ ޖޯޓާ ދެލަނޑު ކާމިޔާބު ކުރި އިރު، މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް، ފޯވާޑް ޖޮއާއު ފެލިކްސް އަދި ފޯވާޑް ރިކާޑޯ ހޯޓާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނު ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑުޖެހުމުގެ އިތުރުން އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ޕޯޗުގަލް އެވެ. އަދި މިމެޗުން ބަލިވި ލަކްޒެމްބަރގް ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

މިއީ ޕޯޗުގަލްގެ ކޯޗުކަމާއި ރޮބާޓޯ މާޓިނޭޒް ހަވާލުވިފަހުން އެޓީމު ޖެހިޖެހިގެން މޮޅުވި 6 ވަނަ މެޗެވެ. އަދި މި 6 މެޗުގައި އެޓީމު ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު އެޓީމުން ވަނީ 24 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މިއީ މިދެޓީމު މިހާތަނަށް ކުޅުނު 18 މެޗުގެ ތެރެއިިން ޕޯޗުގަލް މޮޅުވި އެންމެ ތަފާތުބޮޑު ނަތީއްޖާއެވެ. އަދި މި 18 މެޗުން ވެސް ޕޯޗުގަލް މޮޅުވިއިރު އެޓީމުން ވަނީ މިރޭގެ މެޗުގައި ކާމިޔާބުކުރި 9 ލަނޑާއެކު ލަކްޒެމްބަރގް ކޮޅަށް 73 ލަނޑު ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.