މާކޯ ވެރާޓީ ގަތަރުގެ އަލް ދުހައިލް އަށް ސޮއި ކުރުމަށް ފަހު އެކުލަބުގެ ޖާޒީގައި
ކުޅިވަރު
12 Sep 2023 | 08:59
11 އަހަރަށް ފަހު މާކޯ ވެރާޓީ ޕީއެސްޖީ ދޫކޮށްލައިފި

އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކޯ ވެރާޓީ 11 އަހަރަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށް ގަތަރުގެ އަލް އަރަބީއާ އަށް ބަދަލުވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 30 އަހަރުގެ މިޑްފީލްޑަރު އަލް އަރަބީއާ ގުޅިފައިވަނީ 45 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ.

2012 ވަނަ އަހަރު، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އާއި ގުޅުނު މިޑްފިލްޑަރު ވަނީ ފާއިތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އެކުލަބަށް 416 މެޗު ކުޅެ 11 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ އެކުލަބާއެކު ލީގު ޗެމްޕިއަންކަން 9 ފަހަރު، ފްރެންޗް ސުޕަކަޕް 9 ފަހަރު، ކޫޕް ޑި ފްރާންސް 6 ފަހަރު އަދި ކޫޕް ޑި ލާ ލީގު 6 ފަހަރު ކާމިޔާބުކުރުމުގެ އިތުރުން 2020 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސްލީގުގެ ފައިނަލުން އެޓީމަށް ޖާގަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެއިތުރުން ވެރާޓީ އަކީ ޕީއެސްޖީގެ ތާރީޚްގައި އެންމެ ކާމިޔާބު ކުޅުންތެރިއާގެ އިތުރުން ފްރާންސް ލީގު1 ގެ ތާރީޚްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއާއެވެ.

2012 ވަނަ އަހަރުން ފެށިގެން އިޓަލީގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ވެރާޓީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 55 މެޗު ކުޅެ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ކުޅެވުނު “ޔޫރޯ 2020” އިޓަލީއަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން 2020/21 ވަނަ އަހަރުގެ ޔުއެފާ ނެޝަނަލް ލީގުގެ ތިންވަނަ ހޯދި އިޓަލީ ޓީމުގައި ވެސް ވެރާޓީ އަކީ މުހިންމު ކުޅުންތެރިއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.