ފިލިޕޭ ކުޓީނިއޯ
ކުޅިވަރު
12 Sep 2023 | 09:05
ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ވެސް ގަތަރު ލީގަށް

ލިވަޕޫލްގެ ކުރީގެ ތަރި އަދި މިހާރު ޕްރެމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ލޯނު އެއްބަސްވުމެއްގެ ދަށުން ގަތަރުގެ އަލް ދުހައިލްއާއި ގުޅިއްޖެ އެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީމަހު ލިވަޕޫލު ދޫކޮށް 135 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯ އެކުލަބުގައި ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ވަނީ ކުޅެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 31 އަހަރުގެ މިޑްފީލްޑަރު އަލް ދުހައިލްއާއި ގުޅިފައިވަނީ މިސީޒަނުގެ ނިޔަލަށެވެ.

ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރަށް ފަހު ކުޓީނިއޯ އެނބުރި ޕްރެމިއާ ލީގުގަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހު އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ބަދަލުވުމަށްފަހު ޖެރާޑްގެ އިރުޝާދުގެ ދަށުން އެޓީމުގައި ހޭދަކުރި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުޓީނިއޯ ވަނީ އެޓީމަށް ކުޅެދިން 16 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށް އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިއާއެކު އެސްޓަން ވިލާ އިން ވަނީ 20 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ކުޓީނިއޯ އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަމަވެސް އަނިޔާއާއި ފޯމު ދަށްވުމުގެ ސަބަބުން މިދިޔަ ސީޒަނުގައި އެކުލަބަށް ކުޅުނު 20 މެޗުގެ ތެރެއިިން އެޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ލިބިފައިވަނީ އެންމެ 7 މެޗުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުޓީނިއޯގެ ސޮއި ހޯދުމަށް ތުރުކީގެ ބެސިކްޓަސް އާއި ސްޕެއިންގެ ރެއާލް ބެޓިސް އިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ ބޭނުންވީ ގަތަރު ލީގުގެ އަލް ދުހައިލް އަށް ބަދަލުވާށެވެ. އަލް ދުހައިލްގެ ކޯޗަކީ އާޖެންޓީނާގެ ކުރީގެ ތަރި ހާނަން ކްރެސްޕޯ އެވެ.

ޔޫރަޕުގެ ޓްރާންސްފާ މާކެޓް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބަންދުވިއިރު، އެސްޓަން ވިލާ އިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ނިކޮލޯ ޒަނިއޯލޯ އާއި ކްލެމެންޓް ލެންގްލެޓް، އިތުރުން މޫސާ ޑިއާބީ އާއި ޕައު ޓޮރޭޒް އަދި ލެސްޓާ ސިޓީ އިން ހިލޭ ޓްރާންސްފާއެއްގައި ޔޫރީ ޓިއެލެމަންސްގެ ސޮއި ވެސް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.