މުޢިއްޒު އާއި އަނބިކަބަލުން ސާޖިދާ--
ހަބަރު
12 Sep 2023 | 09:45
ޑރ. މުޢިއްޒު "ހަރުކަށި" ފިކުރޭ ބުނާ މީހުންނަށް އަނބިކަނބަލުން ސާޖިދާ ދެއްވީ ފުރިހަމަ ރައްދެއް!

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާނެ ކަމަށާ، އަންހެނުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް އަޑު ފަތުރާ ފަރާތްތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްވައިފިއެވެ. 

ޑރ. މުޢިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާން ކުރެއްވި އިރުން ފެށިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން އަންނަ ވާހަކަ އަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ އަންހެނުންގެ ހައްގުތައް ގެއްލޭނެ ވާހަކަ އެވެ. އެގޮތުން އަންހެނުން ވަޒީފާ އަށް ދިޔުމާއި ޢިލްމު އުނގެނުމަށް ވެސް ހުރަސްއެޅު މި ރާއްޖޭގައި "ޠާލިބާނުން" ގެ ވެރިކަން ކުރައްވާނެ ކަމަށްވެސް ބަޔަކު އައީ ބުނަމުންނެވެ.

ޚުދު، އެމްޑީޕީ ގެ ރިޔާސީ ީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެފަދަ މޭރުމުން އެތައް ދުވަހަކު ވާހަކަ ދައްކަވާފައެވެ. 

އެވާހަކަ ތަކާއި ގުޅިގެން ސާޖިދާއާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އަންހެނުންގެ ހައްގުތައް އެންމެ ބޮޑަށް ރައްކާތެރި ކޮށްދީފައިވަނީ އިސްލާމްދީނުގައި ކަމަށެވެ. 

"އެއީ މަތިން ބާއްވާލެއްވި ދީން. އެ ދީނުގައި އެންމެ ފުރިހަމަ އޮތީ. (އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދީފައި)." ސާޖިދާ ވިދާޅުވި އެވެ. 

މިއާއެކު ސާޖިދާ ވިދާޅުވީ، އޭނާ ސިވިލް ސާވަންޓެއްގެ ގޮތުގައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 23 އަހަރު ވެފައިވާ ކަމަށެވެ. އަދި ސާޖިދާ އާއި ޑރ. މުޢިއްޒު އަކީވެސް އެ ފާޑުވިދާޅުވާ ފަރާތްތަކުން "އެކްސްޓްރީމް ނޫން" ކަމަށް ބުނާ ގައުމުތަކުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ޑރ. މުޢިއްޒު ސާޖިދާ އާއި ދަރިންގެ ކަންކަމަށް އެއްބާރުލުން ދެއްވައި އެހީތެރިވެވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ސާޖިދާ ވިދާޅުވީ އޭނާ ޔޫކޭ އިން މާސްޓާރސް ވެސް ހެއްދެވީ މުޢިއްޒުގެ ޚަރަދުގައި ކަމަށާ، މުޢިއްޒު އަކީ ކުޑަ ދަރިފުޅުގެ ނެޕީ ބަދަލު ކުރުމުން ފެށިގެން ދަރިންގެވެސް ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާ ބޭފުޅެއް ކަމަށެވެ. 

މުޢިއްޒު އާއި ސާޖިދާ-- ފޮޓޯ/ ދެން

"އަޅުގަނޑުގެ ފިރިމީހާ އަކީ އަޅުގަނޑުގެ ކޮންމެ މަސައްކަތެއްގައި އަޅުގަނޑުކުރާ ކޮންމެ ކަމެއްގައި އެއްބައިގައި ހިފަހައްޓާ ބޭފުޅެއް. ފިރިހެނަކަށް ވީތީ "ފިރިހެނެއް" ގެ ގޮތުގައި ހުންނަ ބޭފުޅެއް ނޫން. އެންމެ ކުޑަމިނުން އަޅުގަނޑުގެ ދަރިފުޅުގެ ނެޕީ ވެސް ބަދަލުކުރައްވާ ބޭފުޅެއް. އެހެންވީމާ (އެފަތުރަނީ) ކަނޑައެޅިގެން ދޮގެއް. އެއީ އަޅުގަނޑު ބޭނުން ގޮތަކަށް ކަން ކުރުމުގެ ބާރު އަޅުގަނޑަށް ދެއްވާތީ. އަޅުގަނޑު މާސްޓަރސް ހެދީ އަޅުގަނޑުގެ ފިރިމީހާގެ އެހީއާ އެކީގައި. އެބޭފުޅާ ސްޕެންޑް ކޮށްގެން ޔޫކޭ ގައި." ސާޖިދާ ވިދާޅުވި އެވެ. 

އެހެންކަމުން މުޢިއްޒު ހަރުކަށި ފިކުރު ފަތުރާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަަމަށާ، މުޢިއްޒު "ވަރު ރަނގަޅު، ދަރިން ދެކެ ލޯބިވާ، އަނބިމީހާއަށް ތެދުވެރި، ވަފާތެރި ފިރިހެއް ނުލިބޭނެ" ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.