ލީބިޔާގައި ފެންބޮޑިވެފައި ވާ ސަރަހައްދު. ފޮޓޯ:އައިއޭސީ
ހަބަރު
12 Sep 2023 | 14:48
ލީބިޔާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

ލީބިޔާގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެ، އެއްބަޔަކު ގެއްލިއްޖެއެވެ.

ތޫފާނެއްގެ ސަބަބުން ލީބިޔާގައި ފެންބޮޑުވެފައިވާއިރު އެޤައުމުގެ ޑަރްނާ އިން ވަނީ 2000 އެއްހާ މީހުން މަރުވެފައި ކަމަށް މިލިޓަރީގެ ތަރުޖަމާނު ވިދާޅުވެއެވެ. އަދި ޑަރްނާ އިން 6000ހާއި ގާތް ކުރާ މިންވަރަށް މީހުން ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިޢަދަދު ތަކަކީ އަދި ޔަޤީން ކުރެވޭ ޢަދަދު ތަކެއް ނޫން ކަމަށާއި ލަފާ ކުރެވޭ ޢަދަދު ތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޑަރްނާގައި ބޮދުވެފައިވާ ފެންގަނޑުގެ ތެރެއިން މީހުން ސަލާމަތް ކުރަން އުޅުނު ރެޑްކްރޮސެންޓްގެ ދެ ވޮލެންޓިޔަރަކުވެސް ވަނީ މަރުވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޑަރްނާގައި މީހުންނާއި މުޢާމަލާތު ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި ކަމަށާއި ޑަރްނާ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ލީބީޔާގެ ނޭޝަނަލް ކައުންސިލް އޮން ޔޫއެސް ލީބިޔާ ރިލޭޝަންސްގެ ރައީސް ހާނީ ޝެއްނިބް ވިދާޅުވެފައިވަނީ ޑަރްނާ އިން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އެއަވަށް ވަނީ މުޅި ދުނިޔެއާއި ގުޅުން ކެނޑިފައި ކަމަށެވެ.

އިންޓަރނެޓް ކަނެކްޝަނާއި ކަރަންޓުވެސް ވަނީ ކެނޑިފައި ކަމަށާއި އެތަނަށް ޖެހިފައި އޮތް މުސީބާތުގެ މިންވަރު މިނެޓަކުން މިނެޓަކުން ބޮޑުވަމުން ކަމަށެވެ.

އޭނާ ބުނެފައިވަނީ މި ކަމުގެ އަސަރު ކުރި މީހުންގެ ޢަދަދު އަދިވެސް ދާނީ މައްޗަށް ކަމަށާއި މަރުވި މީހުންގެ ޢަދަދު 5000 ހުން މައްޗަށް އަރައިގެން ދިއުން އެކަށީގެންވާ ކަމަށެވެ.

ޑަރްނާއަކީ ބައިނައްލަޤްވާމީ ދުނިޔެ ބަލައިނުގަންނަ އިރުމަތީ ލީބިޔާގައި އުފައްދާފައިވާ އަމިއްލަ ސަރުކާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް