ފައްޔާޟް އިސްމާއިލް--ފޮޓޯ/ އެމްޑީޕީ
ހަބަރު
13 Sep 2023 | 12:06
އަޅުގަނޑުމެން މަޢާފަށް އެދޭނީ އެދެން ޖެހޭ ހާލަތްތަކުގައި: ފައްޔާޒު


މައާފަށް އެދޭނީ ހަގީގަތުގައި ވެސް އެދެން ޖެހޭ ހާލަތެއްގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދަ ޑިމޮކްރެޓްސްއަށް ރައްދު ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސް އާއެކު އެ ޕާޓީން މަޝްވަރާ ކުރަމުންދާއިރު، ދަ ޑިމޮކްރެޓްސް ގެ އިސްމެންބަރުން އަންނަނީ އެކަމާއިމެދު ގޮތެއް ނިންމޭނީ ފައްޔާޟް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ގައުމީ ޓީވީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ އަރިހުން މަޢާފަށް އެދިލެއްވުން ކަމަށް ޑިމޮކްރެޓްސް ގެ މެންބަރުން އަންނަނީ ބުނަމުންނެވެ. 

އެވާހަކަ ތަކަށް ރައްދު ދެއްވައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭން ފެއްޓެވުމަށް ރައީސް ޞާލިހު ގެ ކެމްޕޭނު ޓީމާ އެކު ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ، މައާފަށް އެދެންޖެހޭ ހާލަތުގައި އެކަން ކުރަން ޖެހިލުމެއް ނުވާނެ ކަމަށާއި އެކަމަކު މާތް الله ފިޔަވައި ކުޑަކަކޫ ޖަހާނެ އިތުރު ފަރާތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކުޑަކަކޫ ޖަހާނީ ހަމައެކަނި الله ސުބްހާނަހޫ ވަތައާލާގެ ހަޒުރަތުގައި. އަޅުގަނޑުމެން ކުޑަކަކޫ ޖަހާނެ އެހެން އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން މައާފަށް އެދޭނީ، އަޅުގަނޑުމެން ހަގީގަތުގައި ވެސް މައާފަށް އެދެން ޖެހޭ ހާލަތުގައި. އަޅުގަނޑުމެން ޖެހިލުމެއް ވެސް ނުވާނެ މައާފަށް އެދޭކަށް ވެސް،" 

ފައްޔާޟް އިސްމާއިލް 

މިއާއެކު ފައްޔާޟް ވިދާޅުވީ މި ގައުމު އަނިޔާވެރިކަމުން ސަލާމަތް ކުރާނީ އެމްޑީޕީގައި ކުރިން އުޅުނު މީހެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެކަން ކުރާނީ އެމްޑީޕީ ކަމަށެވެ. 

މިއާއެކު ފައްޔާޟް ވިދާޅުވީ ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި އެމްޑީޕީއަށް މަދުން ވޯޓު ލިބުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރެއްވި ކަމަށާ، އެ މަދުން ވޯޓު ލިބުނު ކަމުގެ ޒިންމާ ކޮންމެވެސް ވަރަކަށް އެބޭފުޅާ ވެސް ނަގަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑު %56 އިން މޮޅުވާ ވާހަކަ ދެންނެވީމާ ވަރަށް ގިނަ ބޭފުޅުން ވޯޓުލާން ނުގޮސް ތިބި، މޮޅުވާތީ. އެހެންވެ އެކަމަށް ތި އެންމެހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު މައާފަށް އެދެން،" އޭނާ ވިދާޅުވި އެވެ.

އެ އަދަދަށް އެމްޑީޕީ އަށް ވޯޓު ލިބޭ ކަމަށާއި އެހެން ނަމަވެސް މޮޅުވެފައި އޮތް އިންތިހާބެއްގައި ވޯޓުލާން ގިނަ އަދަދެއްގެ ސަޕޯޓަރުން ނުނިކުންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން ވޯޓުލާން ނުނިކުމެ ތިއްބެވީ ފަސޭހަ އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ފަސޭހަ ކަމެއް ނޫން، ވޯޓުލާން ދިޔުމަކީ ބޮޑެތި ކިޔުތަކުގައި ޖެހިގެން،" ފައްޔާޟް ވިދާޅުވި އެވެ. 

އެހެން އެކަން ދިމާވީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ އިންތިޒާމްތައް ރަނގަޅަށް ނުބެލެހެއްޓުމުން ކަމަށާ، އެހެންކަމުން ފައްޔާޟް ވަނީ ވޯޓުލުމުގެ އިންތިޒާމްތައް ރަނގަޅަށް ހަމަ ޖެއްސުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. 

ކޮމެންޓް
ާެއެމް،ޑީ،ޕީ
އެން،ޑީ،ޕީ ގެ ޕްރައިމަރީގައި ވޯޓްލީގޮތަށް މުއީޒަށް ވޯޓްލީ 100000 މީހުން އުނިކޮށްފައި އިންތިހާބު ބާއްވައިގެން މޮޅުވާނެ
13 Sep 2023
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.