ލީބިޔާގެ މަގެއްގެ މަތީގައި ފެންބޮޑުވެފައި
ހަބަރު
13 Sep 2023 | 19:08
ލީބިޔާގައި ފެންބޮޑުވުން: ގެއްލުނު މީހުންގެ ޢަދަދު ދިހާހާހުން މަތި

ލީބިޔާއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި ގެއްލުނު މީހުންގެ ޢަދަދު ދިހަހާހުން މައްޗަށް އަރައިފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 6000 މައްޗަށް އަރައިފައިވާ ކަމަށެވެ. އަދި  މީހުން ހޯދުމަށް ހިންގަމުންގެންދާ އޮޕަރޭޝަން ކުރިއަށްދާ ވަރަކަށް ކާރިސާގައި މަރުވި މީހުންގެ ޢަދަދު މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފޯނުގެ ކަނެކްޝަނާއި އިންޓަރނެޓްގެ ކަނެކްޝަން ކެނޑި މުޅި ދުނިޔެ އާއި ޑަރްނާގެ ގުޅުން ކެނޑިފައިވާއިރު ޑަރްނާ އަށް އެހީގެ ފުރަތަމަ ސަވާރީ ފޯރައިފައިވަނީ ޑަރްނާ ފެނުގެ އަޑީގައި އޮންނަތާ 36 ގަޑިއިރު ފަހުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ޑަރްނާގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކަމުގެ ސަބަބުން އެހީ ހިފައިގެން، ހާލުގައި ޖެހިފައި ތިބި މީހުންނާއި ހަމައަށް ދަތުރުކުރާ ސަވާރީތަކަށް ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ.

އަލްޖަޒީރާއަށް މައުލީމާތު ދިން މީހަކު ބުނެފައިވަނީ ޑަރްނާގެ  މަގުތަކުގެ 20 ޕަސެންޓް ވަނީ އެކީ ހަލާކުވެފައި ކަމަށެވެ.

ލީބިޔާގައި މިހާބޮޑަށް ފެންބޮޑުވެފައި މިވަނީ އެޤައުމަށް އެރި ތޫފާން ޑެނިއަލްގެ ސަބަބުންނެވެ. ޑެނިއަލް ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ލީބިޔާގެ ޑަރްނާއަށެވެ.

ޑަރްނާގައި މިހާބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުން ތަކެއް ލިބެން މެދުވެރިވީ ސަބަބަކީ ދެޑޭމް އަކަށް ޕްރެޝަރު ބޮޑުވެ އެދެދިމާއިން ފެންގަނޑު ވަދެގެނެވެ.

ހަލާކުވެފައިވާ ދެޑޭމްގެ އާބާތުރަ ނުފިލުވާތާ ވިއްސަކަށް އަހަރު ވެދާނެ ކަމަށް ޑަރްނާގެ ޑެޕިޔުޓީ މޭޔަރު އަޙްމަދު މަދްރޫދް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް