އިންތިޚާބު ކުރިއަށް ދިޔަ ދުވަހު. ފޮޓޯ: އިންޓަރނެޓް
ހަބަރު
14 Sep 2023 | 07:46
ވޯޓުލީ ދުވަހު ބޭރުގެ އޮބްޒާވަރަކަށް ފުރައްސާރަކުރި އޮބްޒާވަރަކާއި މަންދޫބަކު ސަސްޕެންޑްކޮށްފި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތް ދުވަހު ރާއްޖެއިން ބޭރުން އިންތިޚާބު އޮބްޒާވް ކުރަން ވަޑައިގެންނެވި އޮބްޒާވަރަކަށް ފުރައްސާރަކުރި ކުރި މައްސަލައެއްގައި ދިވެހި އޮބްޒާވަރަކާއި ކެންޑިޑޭޓޭއްގެ މަންދޫބަކު ސަސްޕެންޑް ކޮށްފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނެފައިވަނީ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލީ ދުވަހު އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި، މަންދޫބެއް، ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާތީ، އެ ދެބޭފުޅުން އިންތިޚާބުގެ ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޓޭޓެއްގެ މަންދޫބެއްގެ ގޮތުގައި އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާ އިންވަނީ ނިންމާފައި ކަމަށެވެ.

އީސީ އިން ބުނެފައިވަނީ ސަސްޕެންޑް ކުރެވުނު ދެމީހުންގެ ބަދަލުގައި އެހެން ދެމީހަކު އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރި ވުމުގެ ފުރުސަތު އެޕާޓީއަށް ދިނުމަށްވެސް ކޮމިޝަނުން މިއަދުވަނީ ނިންމާފައިކަމަށެވެ.

ކޮމެންޓް
އާއްޓޭ
އޮބްޒާވަރުންގެ ގޮތުގައި ތިބެ އޮބްޒާވަރުންގެ އިން ފަހަނައަޅާ އިދާރީ މޭޒު ކައިރިއަށް ދިޔަ ތިމައްސަލައިގަ ހިމެނޭ އިންޑިއާ ދެ އޮބްޒާވަރުންނަށް އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ
14 Sep 2023
ގުޅޭ ލިޔުންތައް
11 Jul 2026
ރޭގެ އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން މިރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.