ފުއާދު ތައުފީގު
ހަބަރު
14 Sep 2023 | 10:50
އިންތިހާބު ބާތިލް ކުރަން ޖެހެއޭ ކިޔައި އަޑު ގަދަ ކުރަންވީ ސަބަބެއް ނުފެނޭ: ފުއާދު

ރިޔާސީ އިންތިހާބުގެ ވޯޓުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކުރިއޭ ކިޔާފައި އަޑުގަދަ ކުރަންވީ ސަބަބެއް ނެތް ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން އެންމެ ފުރަތަަމަ ބޭއްވި ޖަގަހަ ބައްދަލުވުމައި އީސީގެ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވަމުން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ، ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުކޮށްފައިވާ ކަމަށާއި 'އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި' ކަމަށް، ވިދާޅުވެފައެވެ. 

މާރިޔާގެ އެ ވާހަކަތަކާ ގުޅިގެން ފުއާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާތިލް ވޯޓަށްވުރެ އެއް ވަނަ އާއި ދެ ވަނަ އާ ދެމެދުގެ ފަރަގު ބޮޑު ކަމަށާއި ހަމަ އެގޮތަށް ދެ ވަނަ އާއި ތިން ވަނަ އާ ދެމެދުގެ ތަފާތުވެސް ބާތިލު ވޯޓަށް ވުރެ ގިނަ ކަމަށެވެ. އެހެންކަމުން ވޯޓު ބާތިލް ކުރީއޭ ކިޔާފައި އަޑުގަދަ ކުރައްވަންވީ ސަބަބެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ރައްޔިތު މީހާގެ ވޯޓަކުން ބަސް ބުނުމަކީ ރައްޔިތު މީހާގެ އަސާސީ ހައްގެއް ކަމަށާ، ރައްޔިތުން ލާ ވޯޓުން ނަތީޖާ ކަނޑައެޅުމަކީ ފަރުދީ ހައްގެއް ކަމަށެވެ. އަދި އެއީ ކަލެކްޓިވް ނުވަތަ ގުޅިގެން ދޭ ހައްގެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ނަތީޖާ ބަދަލުވާ ވަރަށް ވޯޓުގެ ފަރަގު ކުޑައީ ބާތިލް ވޯޓު ސައްހަ ވާނެއޭތޯ ނުވަތަ ސައްހަ ވޯޓު ބާތިލް ވާނެއޭތޯ ތިޔަ ވިދާޅުވަނީ؟ ނަތީޖާގެ ފަރަގު ކުޑަވިޔަސް، ބޮޑުވިޔަސް ބާތިލް ވާނީ ބާތިލަށް. ސައްހަ ވާނީ ސައްހަ އަށް،" އެމްޑީޕީގެ މާލެ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ ގެ ސައްހަ ވޯޓު ބާތިލް ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ފަރާތުންވެސް އެފަދަ ޝަކުވާތަކެއް ވަނީ މީސްމީޑިއާ މެދުވެރިކޮށް ކޮށްފައެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. 

ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.