ބިންހެލުމަށް ފަހު ޑަރްނާގެ ހާލަތު. ފޮޓޯ:އައިއޭސީ
ހަބަރު
14 Sep 2023 | 14:34
ލީބިޔާގެ ފެންބޮޑުވުން: މަރުވި މީހުންގެ ޢަދަދު 20،000 އަށް އަރާނެކަމަށް ލަފާކޮށްފި

ލީބިޔާގެ ޑަރްނާގައި ހިނގަފައިވާ ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ ޢަދަދު 20،000 އަށް އަރައިގެން ހިނގައިދާނެ ކަމަށް ޑަރްނާގެ މޭޔަރު ޢަބްދުލްމެނަމް އަލް ޤައިޠީ ވިދާޅުވެއްޖެއެވެ.

ފެންބޮޑުވެފައިވާ ޑަރްނާގެ އާންމުން ދަނީ ގެއްލިފައިވާ ޢާއިލާގެ މެމްބަރުން ހޯދުމަށް ކެތްތެރިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ސާރޗް އެންޑް ރެސްކިޔު ޓީމްތަކުން ބޮޑީ ބޭގްތައް ތަންތަނުން ނެރެމުންދާ މަންޒަރާއިއެކު އާއިލާގެ މެމްބަރުން ހޯދުމަށް ކެތްމަދުވެފައިތިބި މީހުންގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

އާދަޔާ ޚިލާފަށް ބޮޑުވި ފެންގަނޑާއި އެކު ގިނަ ބަޔަކު މަރުވެ މޫދަށް ގިނަ ބަޔަކު ކަހާލައިގެން ގޮސްފައިވާނެ ކަމަށް އަންނަނީ ލަފާކުރަމުންނެވެ.

އެސަރަހައްދުގައި ހުރި ޑޯމް ހަލާކުވެ ޕްރެޝަރުގައި ވަތް ފެންގަނޑާއި އެކު އުސްކޮށް ހަދައިފައިހުރި ބައެއް ޢިމާރާތް ވެއްޓިގެން ފައިބައިފައިވަނީ އެޢިމާރާތުގެ ތެރޭގައި މީހުން ނިދައިފައި ތިއްބައެވެ.

ލީބިޔާގެ ދާޚީލި ވުޒާރާގެ ތަރުޖަމާނު އޭއެފްޕީ ނިއުސް އަށް ޠާރިޤް އަލް ޚައްރާޒް ވިދާޅުވެފައިވަނީ މެޑިޓޭރިނިއަން ސިޓީ އިން 3840 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން 3190 މީހަކު ވަޅުލެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 400 މީހުންނަކީ ލީބިޔާގެ ރައްޔިތުން ނޫން ކަމަށާއި އޭގެތެރޭގައި ގިނައީ މިޞްރާއި ސޫދާނުގެ ރައްޔިތުން ކަމަށެވެ.

ޑަރްނާގެ މޭޔަރު އަލް ޤައިޠީ ސަޢުދީ ޢަރަބިއްޔާގެ ޓީވީ އަކަށް ވިދާޅުވެފައިވަނީ ޑަރްނާއިން މީހުން މަރުވި ޢަދަދު 18،000 އާއި 20،000 އާއި ދެމެދަށް އަރާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް