ނާޒިމް ފެރިދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Sep 2023 | 14:33
ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް އެދެނީ އަޅުގަނޑު: ނާޒިމް

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެމަނިކުފާނު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 

ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ އއ ފެރިދޫގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، ބަދަލުވާ ވެރިކަމާއެކު ޖަލަށް ލުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ތާއީދުކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ޝަރުއީ ނިޒާމު ވަކިގޮތަކަށް ބައްޓަންކޮށް، ވަކި މީހަކަށް އަނިޔާކުރުމަށް ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ނިމުމަކަށް ގެންނަން ޖެހޭ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

އެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމިނު ޖަލުގައި ބަހައްޓަވަނީ "ސެލެކްޓިވް ޖަސްޓިސް" ގެ އުސޫލުން ކަމަށެވެ. ރައީސް ޔާމިނު ޖަލުގައި ހުންނަވާ ހުންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި، އެމަނިކުފާނު ޖަލުން ސަލާމަތްކުރުމަށް އެންމެ ބޮޑަށް ބޭނުންފުޅުވާ ބޭފުޅަކީ އެމަނިކުފާނު ކަމަށް ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ފެރިދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ

"އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން، އަޅުގަނޑެއް ނޭދެމޭ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް ޖަލުގައި އޮންނާކަށް"

އެމްއެންޕީގެ ރައީސް ނާޒިމް

ނާޒިމްގެ ވާހަކައިގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާ، ދެ ޕާޓީގެ ދެމެދުގައި ހެދި ކޯލިޝަން އެއްބަސްވުމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ. 

އެގޮތުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ މުއިއްޒަށް ތާއީދުކުރައްވަން ނިންމަވާ ހެދި ކޯލިޝަން އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ހިމަނާފައި ނުވާނެ ކަމަށެވެ. އަދި ވަކި ކަމަކަށް ހުށައަޅާފައި ވެސް ނުވާނެ ކަމަށެވެ. 

އެމްއެންޕީން ޑރ މުއިއްޒަށް ތާއީދުކުރަން ނިންމީ ޤައުމީ މަސްލަހަތަށް ވިސްނާ، ގައުމު ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ނާޒިމް ވަނީ ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.