ޒަވީ ހެނާންޑޭޒް
ކުޅިވަރު
14 Sep 2023 | 15:12
ބާސެލޯނާ އިން ޒަވީގެ ކޮންޓްރެކްޓް އިތުރު ފަސް އަހަރަށް އިތުރު ކުރަނީ!

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އެއްބަސްވުން އައު ކުރިއަށް އެކުލަބުން ނިންމައިފި އެވެ.

ބާސެލޯނާގެ ކޯޗުކަމުގެ މަގާމާއި ޒަވީ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އެމަގާމުގައި ހުރީ މަގާމުގައި ހުރީ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް 94 މެޗު ކުޅެފަ އެވެ.

އޭގެ ތެރެއިން އެ ޓީމު ވަނީ 58 މެޗުން މޮޅުވެފަ އެވެ. އަދި 19 މެޗަކުން ބަލިވެފައިވާއިރު، 17 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. މީގެއިތުރުން ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

ބާސެލޯނާގެ ޑިރެކްޓަރު ޑެކޯ އާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އެކުލަބުން މިހާރު ވަނީ ޒަވީގެ އެއްބަސްވުން އައުކުރުމަށް ނިންމާފައެވެ. އަދި ބާސެލޯނާ އިން ޒަވީ އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، އެ ކުލަބުން މުސްތަޤުބަލަށް ތައްޔާރުވަނީ ޒަވީ އާއެކު ކަަމަށެވެ.

މީގެ ކުރިން ބާސެލޯނާގެ ރައީސް ޖީން ލަޕޯޓާ ވެސް ވަނީ އެ ކުލަބުން ޒަވީ އަށް އައު އެއްބަސްވުމެއް ދޭނެކަން ޔަގީން ކޮށްދީފަ އެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން ޒަވީ އަށް ހުށަހަޅާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މިހާރު އެ ކުލަބާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.