ބަޔާންވެގެންވާ ތަފްސީރު ފޮތް ލޯންޗު ކުރުން-- ފޮޓޯ/ ވޮއިސް
ހަބަރު
14 Sep 2023 | 15:44
ވިލާ ފައުންޑޭޝަން އިން ނެރުނު ގުރުއާނުގެ ތަފްސީރު މިހާރު އޮންލައިންކޮށް ކިޔާލެވޭނެ!

ވިލާ ފައުންޑޭޝަނުގެ ޗެއާމަން، ގާސިމް އިބްރާހިމްގެ އިރުޝާދުގެ މަތިން ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުނު ގުރުއާނުގެ ތަފްސީރު ފޮތް، އައްތަފްސީރުލް ވާޟިޙުލް މުޔައްސަރުގެ މިހާރު ލައިވް ކޮށް ކިޔާލެވޭނެ ކަމަށް އެ ފައުންޑޭޝަންއޖބް ބުނެފިއެވެ.

ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ނަމުގައި ނެރުނު ފޮތަކީ ދިވެހި ބަހުން ނެރުނު ފުރަތަމަ ގުރުއާނުގެ ތަފްސީލީ ތަފްސީރެވެ.

މި ފޮތަކީ ނޮވެމްބަރ 2، 2016 ގައި ގާސިމް އިބްރާހިމް ގެ އިރުޝާދުގެ މަތިން ތަރުޖަމާކުރަން ފެއްޓެވި ފޮތެކެވެ. އަދި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އިސްލާމިކް ޔުނިވާސިޓީއިން 1987 ވަނަ އަހަރު ދަސްވެނިވި، އައްޝައިޚް މުހައްމަދު އަބްދުالله އެވެ. އަދި މި ފޮތް ޕްރޫފް ރީޑު ކުރެއްވީ އަބްދުالله އަބްދުލް މުހުސިނާއި އިޔާޒް ނަސީމް އެވެ.

ގާތްގަނޑަކަށް 2 އަހަރު ދުހަވުގެ ތެރޭގައި ތަރުޖަމާކޮށް ނިންމި މި ފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ. އަދި މި ފޮތުގެ ވެބްސައިޓް ވަނީ މިހާރު ލައިވް ކުރެވިފައެވެ. މި މަސައްކަތް ކުރިއަށް ގެންދެވީ އެ ފޮތް ޗާޕު ކުރާއިރު އޭގައި އެއްވެސް ކުށެއް ނޯންނާނެކަން ޔަގީން ކުރުމަށްޓަކައި ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. 

މި ތަފްސީރު މިހާރު www.quranthafseeru.com އަށް ވަޑައިގެން މި ތަފްސީރު މުދައްރިސުން، ދަރިވަރުން އަދި އެންމެހާ ބޭފުޅުންނަށްވެސް ބައްލަވާލެވެން އޮންނާނެ ކަމަށާ، އަދި މި ތަފްސީރުގައި ކުށެއް އޮތްކަން ފާހަގަ ވެއްޖެނަމަ އެކަން ވިލާ ފައުންޑޭޝަނަށް އަންގަވައިލަދެއްވުމަށްވެސް ޤާސިމް އިބްރާހިމް އިލްތިމާސް ކުރެއްވިއެވެ. 

މުސްތަޤްބަލުގައި މި ޤުރުއާނުގެ ތަފްސީރުގެ އެޕްލިކޭޝަނެއް އައިފޯން އަދި އެންޑްރޮއިޑް އަށްވެސް ނެރޭނެ ވާހަކަ ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ. 

ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުންނެއް މި ޤުރުއާނުގެ ތަފްސީރު ކިއުން އެއީ ވިލާ ފައުންޑޭޝަނާއި މި މަސައްކަތް ކުރުމަށް އެހީތެރިވި އެންމެހާ ބޭފުޅުންގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށް އެ ފައުންޑޭޝަންއިން ބުނެއެވެ. 

ކޮމެންޓް
ަަަރަހީމް
މިފަދަ ހެޔޮކަމެއް ކޮއްދެއްވީތީ ވަރައްުފާވެޔޭ
19 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.