އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓްލީ ދުވަހުގެ މަންޒަރެއް.
ހަބަރު
14 Sep 2023 | 17:36
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު އަލަށް ލިބޭ 408 ޒުވާނެއް

އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު އަލަށް ލިބޭ 408 ޒުވާނެއް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް 2023 ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެން، 212 ފިރިހެން، ޖުމްލަ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ.

އަދި އިތުރުވި ޒުވާނުންގެ ލިސްޓު މިހާރު ގެޒެޓް ކުރެވިފައިވާ ކަމަށާއި އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ސެޕްޓެމްބަރ 15 ން ސެޕްޓެމްބަރ 17 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ޙަބީބް އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282803 ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2023 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެމެންދުރުފަހު 03:00 ން ފެށިގެން 2023 ސެޕްޓެންބަރު 17 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށްވެސް ޙަބީބް ވަނީ ވިދާޅުފައެވެ.

"މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި  ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ  ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި" ޙަބީބް ވިދާޅުވެފައިވެއެވެ.

މިމުއްދަތުގެ ތެރޭގައި އޮންލައިންކޮށްވެސް ރީރެޖިސްޓަރ ކުރެވޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ރޭގެ އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން މިރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.