ރާއްޖޭގެ ބީޗް ވޮލީ ޓީމް މުބާރާތަށް ފުރުމުގެ ކުރިން އެއާޕޯޓްގައި
ކުޅިވަރު
14 Sep 2023 | 17:31
ފަސޭހަކަމާއި އެކު ބޫޓާން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ސެމީއަށް!

މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ ޖާގަ ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓާ ފައިނަލްގައި ބޫޓާންގެ ޕެއާ ބަލިކުރުމަށްފަހު އެވެ. މިމެޗު ކުޑަކާއްޓޭއާއި އެޑަމްގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ކާމިޔާބުކުރީ 21-08 އަދި 21-07ންނެވެ. މިމުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖެ ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބޫޓާންގެ ޕެއާއާ ދެކޮޅަށެވެ. އެއީ ބޫޓާންގެ ސޯނަމް އަދި ރާމްގެ ޕެއާ އެވެ. މި މެޗު ކުޑަކާއްޓޭ އާއި އެޑަމް ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމް ހޯދީ، 21-05 އަދި 21-08 އިންނެވެ.

ދެ ވަނަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބަންގްލަދޭޝްގެ މަންސޫރު އަދި ޝާޖަހާން ޕެއާއާ އެވެ. މި މެޗު ވެސް ކުޑަކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-13 އަދި ދެ ވަނަ ސެޓު 21-19 އިންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ކުޑަ ކާއްޓޭ އާއި އެޑަމް ނުކުމެފައި ވަނީ އިންޑިއާގެ ނިޓިން އަދި ރަމާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ކުޑަ ކާއްޓޭ އާއި އެޑަމް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ކުޑަ ކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ 21-18 އަދި 21-15 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕެއާއެވެ. އެ ޕެއާއިން މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.