ރެއާލް މެޑްރިޑްގެ ސަޕޯޓަރުން، ރެއާލްގެ ދަނޑުގައި އެޓީމަށް ތަރުހީބު ދެނީ
ކުޅިވަރު
15 Sep 2023 | 00:18
ބަރަހަނާ ވީޑިއޯއެއްގެ މައްސަލާގައި ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިއަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލާގައި ރެއާލް މެޑްރިޑްގެ ޒުވާން ތިން ކުޅުންތެރިއަކު ސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

މިހާދިސާ ހިނގާފައި މިވަނީ މިދިޔަ މަހު އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި ބޭއްވުނު އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ގައުމީ އަންހެން ޓީމުގެ ޖެނީ ހަރްމޯސޯގެ ތުންފަތުގައި ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ބޮސްދިން މައްސަލާގައި ދިމާވި ފިއްތުންތަކާއި ގުޅިގެން އޭނާ މަގާމުން އިސްތިއުފާދީފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ވަނީ ސްޕެއިންގެ އެންމެ ބޮޑު ކުލަބުގެ ތިން ވަނަ ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ސީ ގެ ތިން ކުޅުންތެރިން ނެވެ. ކެޑެނާ އެސްއީއާރް ރޭޑިއޯ ސްޓޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކުޅުންތެރިއަކު ވަނީ އޭނާގެ ބައިވެރިއާއެކު ގުޅުންހިންގި މަންޒަރު ވީޑިއޯ ކޮއްފައެވެ.

އެލް ކޮންފިޑެންޝަލް އާއި ކެޑެނާ އެސްއީއާރް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަނެއް ދެ ކުޅުންތެރިން ވަނީ މޯބައިލް މެސެޖިން އެޕް ވަޓްސްއެޕް މެދުވެރިކޮށް ކުޑަކުއްޖާގެ ރުހުމަކާ ނުލައި ވީޑިއޯ އެހެން ރައްޓެހިންނާއި ހިއްސާކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ތިން މީހުން ވެސް މެޑްރިޑްގައި ބަންދުކޮށްފައި ވަނީ ސްޕެއިންގެ ޖިނާއީ ގާނޫނުގައި "ޖިންސީ ބާވަތެއްގެ ސިއްރުތައް ހާމަކުރުން" ކަމަށް ބުނާ ކުށެއް ކުރި ކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.