ހަބަރު
15 Sep 2023 | 13:15
ދޮގު ވާހަކަ ތަކާއި، ދޮގު ޚަބަރުތައް ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު: ޚުތުބާ

ދޮގު ވާހަކަ ތަކާއި، ދޮގު ޚަބަރުތައް ފެތުރުމަކީ މާތް الله ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާ، އެކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު ކަމަށް މިއަދުވެ ޚުތުބާގައި ބުނެފިއެވެ. 

މިއަދުގެ ޚުތުބާގައި އަލި އަޅުވާލާފައި ވަނީ ދޮގު ވާހަކަތަކާއި ދޮގު ޚަބަރުތައް ފެތުރުމުގެ މައްޗަށެވެ. 

އެގޮތުން ޚުތުބާގައި ބުނީ، މުޖުތަމަޢު ފަސާދަކޮށް، ރަނގަޅު މަގަށް ހުރަސްއެޅުމަށް މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ، ދޮގު ވާހަކަތަކާއި ދޮގު ޚަބަރުތައް ފެތުރުން ކަމަށެވެ. އެކަން ރަސޫލު ބޭކަލުންގެ ސިރާތަށް ބަލާއިރު، އެބޭކަލުންނާ ދެކޮޅުވެރި މީހުންގެ އަމަލުތަކުން ހާމަވާ ކަމަށް ޚުތުބާގައި ބުންޏެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާ، ހަމަ މަގުން އެއްކިބާ ކޮށްލާނެ ކަމެއް ކަމަށެވެ. އަދި އެ ކަމުގެ ނުބައިކަން، މީހުން މެރުމަށްވުރެ ބޮޑު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާނެ ކަމެކެވެ. މީސްތަކުން ހަމަ މަގުން އެއްކިބާ ކޮށްލާނެ ޢަމަލެކެވެ. އެކަމުގެ ނުބައިކަން، މީހުން މެރުމަށްވުރެ ބޮޑެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީއެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. "ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަށް ބޮޑެވެ." 

ހުކުރު ޚުތުބާ 

"މީހަކު ޤަތުލު ކުރުމަށް ވުރެ ފިތުނަވެރިކަން ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޤަތުލުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެ ފަރުދަށް ނުވަތަ އާއިލާ އަށް ކަމަށް ވެފައި، ފިތުނައިގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލުން ލިބޭނެތީއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި ބުނީ، ދޮގު ވާހަކަތައް ފަތުރާ މީހުންނަށް ކީރިތި ގުރުއާނުގައި ދީފައިވާ ނަމަކީ "މުރްޖިފުން" ކަމަށެވެ. އަދި މުރްޖިފުންނަކީ މީސްތަކުންފެ މެދުގައި ގަޑުބަޑު އުފައްދާ މީހުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދޮގު ހަބަރު ފަތުރާ މީހުންނަކީ މުޖްތަމައުގައި ހިމެނޭ ވިހަ ގުނަވަނެއްގެ ގޮތުގައި ހުތުބާގައި ވަނީ ސިފަކޮށްފައެވެ.  

އެހެން ކަމުން އެންމެންނަކީވެސް ދޫ ރައްކާތެރިކޮށް، ފިތުނަ ފަސާދަ އުފެއްދުމުން ދުރުހެލިވާ ބަޔަކަށް ވުން އެދި ޚުތުބާގައި ވަނީ ދުއާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.