ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
15 Sep 2023 | 14:55
"ކުދިންނަށް ހިތްހަމަޖެހުން ލިބޭނެ، ޒަމާނީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްދޭނަން"

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް އިިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އދ. މަހިބަދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ގާއިމް ކުރަން ބޭނުންވާ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރުގެ ތެރެއިން، މުޖުތަމައުގައި މާ ބޮޑު ސަމާލުކަމެއް ނުދެވި ތިބޭ މީހުންނަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ. 

އެގޮތުން، ނިޒާމުގެ ތެރެއިން ތެލަސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހަމަޖައްސަވާނެ ކަން މީގެ ކުރިންވެސް އިއުލާން ކުރައްވާފައިވާނެ ކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، ތެލެސީމިއާ ސެންޓަރަށް، ތެލެސީމިއާ ކުދިން ހަފްތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ލޭ އަޅަންދާން ޖެހޭ ކަމަށެވެ. ނަމަވެސް އެތަނުގެ ހާލުވެސް ވަރަށް ގޯސްކަމަށާ، ދާ މީހުންނަށްވެސް އެތަން ވަނީ ވަރަށް "ޕެއިން ފުލް" ތަނަކަށް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. 

"ކުޑަކުދިން މި ދަނީ ގިނައިން އެ ސެންޓަރަށް. މި ސަރުކާރު އައި ފަހުން މިކަން އިތުރަށް ގޯސްވީ. ޔާމީންގެ ވެރިކަމުގައި ތެލްސީމިއާގައި މަދުވާ އަދަދު ވަރަށް ބޮޑުތައް ކުޑަކުރެވުނު. ނަމަވެސް މިހާރު ހުރީ ކުދިން މަރުވާ ރޭޓް 22 އިންސައްތައިގަ." މުޢިއްޒު ވިދާޅުވިއެެވެ. 

"އެހެންވީމަ ތަނަވަސް، ކުޑަކުދިންނާ ގުޅޭ ކަހަލަ، އެކަ ކަހަލަ ހިތްހަމަޖެހޭ ކަންކަން ގާއިމްކުރެވައިފައި ހުންނަ އެކްސްޕީރިއަންސް ސެންޓަރަކަށް ވާންޖެހޭ. ރަގަނޅު ފެންވަރުގެ ޑޮކްޓަރުން ތިބެން ޖެހޭ. ދެވޭ ފަރުވާފެ ފެންވަރު ރަނގަޅު ވާންޖެހޭ. އެކަންކަން ރަނގަޅަށް ކުރެވިއްޖިއްޔާ ތަހަސްމަލްކުރަންޖެހޭ ވޭން ކުޑަވެ، ހިތްހަމަޖެހުން ލިބި އާހިރަތް ނަތީޖާއަކަށް ވާނީ މި ދުނިޔެ ދޫކޮށްދާ ކުދިންގެ އަދަދު މަދުވެ، ޕަސެންޓޭޖް ދަށްކުރެވިގެންދިއުން."

ޑރ. މުހައްމަދު މުޢިއްޒު 

އެހެންކަމުން މުއިއްޒު ވިދާޅުވީ އެންމެ ފެންވަރު ރަނގު، އެންމެ ރަނގަޅު ހިތުމަތްތައްދެވޭ ޖާގަ ބޮޑު ތެލެސީމިއާ މަރުކަޒަރެއް ހުޅުމާލޭގެ ބޮޑު ބިމެއްގައި ގާއިމްކޮށްދެއްވާނެ ކަމަށެވެ. 

އެހެންވީމާއެންމެ ފެންވަރު ރަނގު، އެންމެ ރަނގަޅު ހިތުމަތްތައްދެވޭ ޖާގަ ބޮޑު ތެލެސީމިއާ މަރުކަޒަރެއް އިރާދަކުރެއްވިޔާ ހުޅުމާލޭގެ ބޮޑު ބިމެއްގައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން ގާއިމްކޮށްދޭނަން. އިރާދަކުރެއްވިޔާ އެތަން ވެގެންދާނީ މިކަމަށް ފަރުވާ ބޭނުންވާ ހުރިހާ ކުދިންނަށް އެންމެ ހިތްހަމަޖެހޭ ގޮތުގައި ފަރުވާ ދެވޭ ތަނަކަށް. 

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލޭގައި ހުންނަ ޑައިލެސިސް ސެންޓަރަކީ މިހާރު ވަރަށް ނިކަމެތި ކޮށް އޮތް ތަނެއް ކަމަށެވެ. އެތަނަކީ އެކަމުގައި ވަރަށް ގިނަ ރައްޔިތުންދާ ތަނެއް ކަމަށާއި ހާއްސަކޮށް ގިނަ އަދަދެއްގެ ކުޑަކުދިން ގޮސް ތިބޭ ތަނެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއްގޮތަކަށް ވެސް އެތަނަށް ސަމާލުކަމެއް ނުދޭ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ޒަމާނީ، އިންޓަނޭޝަން ފެންވަރުގެ ފުރިހަމަ ތަނަވަސް ޑައިލެލިސް ސެންޓަރެއް މާލޭގައި ގާއިމްކޮށްދީ އަދި ރާއްޖޭގެ އެކި މުހިންމު ސަރަހައްދުތަކުގައި ގާއިމްކޮށްދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.