ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ޑރ މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 07:06
މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިން ގޯތިތައް ހަމަ އެގޮތަށް ދޫކުރާނަން: ޑރ މުއިއްޒު

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިން ގޯތިތައް، ސަރުކާރުން ދޫކުރި ގޮަތަށް ދެއްވާނެކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ރިޔާސީ ކެމްޕޭނަށް ވަޑައިގެން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ގޯތި ދޫކޮށްފައިވާ ތަންތަނުން ގޯތި ދޫކުރައްވާނެ ކަމަށާއި، އެއާއެކު ވެސް ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ޒަމާނީ ސިޓީއެއްގެ ސިފަ ޖެހިގެންދާނެ ޝަހަރަކަށް ހައްދަވާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާނެ ކަމަށެވެ. 

ޑރ މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމު މިތަނުން ދީފައިވާ ގޯތިތަކަށް ވާ ޖާގަ ހަމަ އެގޮތަށް ޔަގީންކޮށްދީފައި ބާކީ އޮންނަ ޖާގަ އިރާދަކުރެއްވިއްޔާ ރީތިކޮށް ޕްލޭންކޮށް މީ ހިތްގައުމު ސަހަރެއްގެ ގޮތުގައި އަޅުގަނޑުމެން ކުލަ ޖައްސަދޭނަން. މި ތަނުން ދޫކޮށްފި ގޯތިތަކެއް ހަމަ ކަށަވަރުކޮށްދެނީ އިރާދަކުރެއްވިއްޔާ އެ ގޯތިތައް ދިން ތަނަކުން އިރާދަކުރެއްވިއްޔާ އެ ގޯތިތައް ހަމަ އެގޮތަށް އޮންނާނެ. އެ ފަރާތްތަކަށް އެ ޔަގީންކަން އޮންނާނެ"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ހިޔާ ފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފަ އެވެ. 

އެގޮތުން ހިޔާ ފްލެޓުގެ ކުލި ރައީސް ޔާމީނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ 5600 ރުފިޔާއަށް ތިރިކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނުނިންމާ މި ސަރުކާރުން ހަވާލުކުރުމުގެ ސަބަބުން، އެ ތަންތަނުގެ ފިނިޝިން މަސައްކަތް ކުރުމަށް އަމިއްލަ ޖީބުން ކުރަން ޖެހުނު ޚަރަދު ޖުމްލަކޮށް، ދެއްވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި ރައީސް ޔާމިނުގެ ޒައާމަތުގައި އެކުލަވާލާފައި އޮތް މާސްޓާ ޕްލޭނާއި އެއްގޮތަށް ތަރައްގީކުރުމަށް މި ސަރުކާރަށް އެކަށީގެންވާ މުއްދަތެއް ލިބިގެން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް އެ ޕްލޭނުގައިވާ އެއްވެސް ކަމެއް ސަރުކާރަށް ތަރައްގީކޮށް ދެވިފައި ނުވާއިރު، ހިޔާ ސަރަހައްދުގައި އާބާދުވަމުން ދިޔަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް މި ސަރުކާރަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވިފައި ނުވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ގޯތި ދޫކޮށްފައިވާ ގޮތަށް، ގޯތިތައް ދިނުމަށްފަހު، ހުޅުމާލެ ސިޓީ ތަރައްގީކުރުމަށް އޮތް ޕްލޭނުގައި ހުރި ކަންކަން ތަންފީޒުކޮށް، އެ ތަނަކީ ޒަމާނީ ފެންވަރުގެ ރީތި ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.