ނައިސް އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
16 Sep 2023 | 12:25
އަމިއްލަ ދަނޑުގައި ނައިސް އަތުން ޕީއެސްޖީ ބަލިވެއްޖެ

ފުރާންސް ލީގު1 ގައި ރޭ އަމިއްލަ ދަނޑުގައި ނައިސް އާއި ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނައިސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ޓެރެމް މޮފީ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ އެޓީމުގެ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ނައިސް އިންނެވެ. އެގޮތުން މިހާފު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުގެ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެއެޓެން ލަބޯޑް އެވެ މިއީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ނައިޖީރިއާ ފޯވާޑް ޓެރެމް މޮފީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ނައިސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނައިޖީރިއާ ފޯވާޑް ޓެރެމް މޮފީ އެވެ. 

މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ނައިސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން ނައިސްއަށް 9 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕީއެސްޖީއަށް ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.