ކްރިމިނަލް ކޯޓު-- ފޮޓޯ/ މިހާރު
ހަބަރު
17 Sep 2023 | 08:57
އިސްލާމްދީނާ އިދިކޮޅު އަމަލުތަކެއް ހިންގުމުން ހުކުމަކަށްވީ އެންމެ 15 ދުވަހުގެ ބަންދެއް

އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގި މީހަކު ކަސްޓޯޑިއަލް ޖަލެއްގަ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގި މި މައްސަލާގައި ދައުވާ ކޮށްފައިވަނީ 32 އަހަރުގެ ނަދީމް އަލީ ކިޔާ މީހެއްގެ މައްޗަށެވެ.

ނަދީމް އަލީގެ ބަންދު އަމުރުގައިވާގޮތުން އިސްލާމްދީނާއި ދެކޮޅު ޢަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނަ ކަމަށްވެސް އެ ކޯޓު އަމުރުގައި ބުނެފައިވެއެވެ. ހަމައެހެންމެ އޭނާގެ މައްޗަށް އެ ތުހުމަތު ކުރެވޭ އަމަލު ހިންގި ކަމަށް އޭނާ އިންކާރުވެސް ކޮށްފައި ނުވާކަން ކޯޓު އަމުރުން އެނގެއެވެ. 

މީގެ އިތުރުން އޭނާ އަކީ މީގެ ކުރިން ވެސް މިފަދަ އަމަލު ހިންގުމުގެ ކުށުގެ ރިކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވާއިރު، އެ ކުށް އަލުން ތަކުރާރު އިހްތިމާލު ބޮޑު ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. 

ނަމަވެސް ކޯޓު އަމުރުގައި އޭނާ ކޮށްފައިވާ ޢަމަލުގެ ތަފްސީލް ހާމަ ކޮށްފައެއް ނުވެއެވެ.

ދީނާ ޚިލާފް އަމަލުތައް ކުރާ މީހުންނަށް މާ ބޮޑު އަދަބެއް ނުދެވި މުޖުތަމައުގައި ދޫކޮށްލާފައި ތިބޭ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.