ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ޢިމްރާން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
17 Sep 2023 | 19:02
އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ރައްޔިތުން ވެއްޓިދާނެ: ޢިމްރާން

ކުރިއަށް އޮތް ފަސްއަހަރު އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ ރައްޔިތުންނަށް އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ރައްޔިތުން ވެއްޓިގެން ހިނގައިދާނެ ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރޭ އެމްޑީޕީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

"މީގެ ވިހި އަހަރުކުރިން މި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެބަ އިޙްސާސު ކުރެވޭ އަޅުގަނޑުމެން މި ޤައުމު ދޫކޮށްލައިފިއްޔާ މި ޤައުމު ގޮސް ޖެހޭތަން ވަރަށް ރީތިކޮށް އެބަ ފެނޭ، އަޅުގަނޑުމެން މިޤައުމު ޚަރާބުގެ ތެރެއަށް ދުލެއް ނުކޮށްލާނަން، މިރައްޔިތުން މިޤައުމު ޚަރާބުވާކަށް، އަޅުގަނޑުމެންގެ ހުރިހާ ލީޑަރުން ގެންގޮސް ޖަލުގެ ފަހަތަށް ލާކަށް އަނިޔާކުރާކަށް، ޑިމޮކްރަސީ ހަލާކުކޮށްލާކަށް، ލޯކަލް ކައުންސިލްތައް އުވާލާކަށް އަޅުގަނޑުމެން ދުލެއް ނުކުރާނެ" 

ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله

ޢިމްރާން ވިދާޅުވީ އަނިޔާވެރި ވެރިކަމެއް ރާއްޖޭގައި އުފެދިއްޖެނަމަ ދެން ވެގެންދާނެ ގޮތް މިހާރު އެމްޑީޕީ ކޯލިޝަންގެ އެންމެހާ ބޭފުޅުންނަށްވެސް ވިސްނިވަޑައިގެންފި ކަމަށެވެ.

ޢިމްރާން ވިދާޅުވީ ކެމްޕޭނުގެ ބާކީ މިއޮތް ކުޑަ ދުވަސްކޮޅަކީ މުސްތަޤްބަލު ކަނޑައެޅުމަށްޓަކައި އެއްބޭފުޅެއްގެ ކިބައިން އަނެއްބޭފުޅަކު ހިތްވަރު ލިބިގަނެގެން އެންމެން އެކުގައި މަސައްކަތް ކޮށްގެން މި އިންތިޚާބު މާތް اللهގެ ރަޙްމަތާއިއެކު ކާމިޔާބު  ކުރައްވާނެ ކަމަށެވެ.

"މިރާއްޖެ މިދަނީ ވަރަށް ބޮޑު ބައިބައި ވުމަކާއި ފިތުނަ ވެރިކަމެއްގެ ތެރެއަށް، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ލިބެން ހުރި ހުރިހާ ކުރިއެރުމެއް ހުއްޓި  ރައްޔިތުންގެ ހަމަޖެހުން ގެއްލި، ރައްޔިތުންގެ އަމާން ކަން ގެއްލި ރައްޔިތުންގެ އަމާން ކަން ގެއްލި އަނެއް ފަސް އަހަރު ހޭދަކުރަން އަޅުގަނޑުމެން ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭނެ އަރައި ނުގަނެވޭފަދަ ބޮޑު ގެއްލުމެއް" ޢިމްރާން ވިދާޅުވިއެވެ.

ރޭ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙްވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

ކޮމެންޓް
ވ
އިމުރާނަށްވުރެ.ވަކިން އަނިޔާވެރިކަންބޮޑީކާކުތަ ހުރިހާ ޕޮލިހުން.މަރާ ރޯކުރަންދިޔަމީހާނުތިޔައީ މޑޕ މީހުން.ގޮވާގެން މިގައުމަށް އެކަށީގެންވާމީހެންވެސްނޫތީ
17 Sep 2023
ޗރ އމސ
އެންމެ ބޮޑު އަނިޔާވެރިޔަކީ އިބްރާހީމް މުޙައްމަދު ޞާލިހު
17 Sep 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.